މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ ވެސްޓް ކޯސްޓް ތަރައްޤީކުރުމާބެހޭ

މާލޭ ވެސްޓް ކޯސްޓް ތަރައްޤީކުރުމާބެހޭ

މާލޭ ވެސްޓް ކޯސްޓްގައި ބީޗް ޕެވިލިއަނަކާއި އަދި މޫދު ކުޅިވަރުތައް ހިމަނައިގެން މި މިނިސްޓްރީން ދޭ ކޮންސެޕްޓާ އެއްގޮތަށް އަމިއްލަ ޚަރަދުގައި އެ ސަރަޙައްދު ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/237) އިޢުލާނުގައި ފާހަގަ ކުރެވިފައިވާ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވާތީ، އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ. މިގޮތުން އެ އިޢުލާނުގައި ފާހަގަ ކުރެވިފައިވާ ޕެވިލިއަން ނުހިމަނައި، މިހާރު ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މޫދު ކުޅިވަރު ކުޅޭ ތަނެއް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އެހެންކަމުން، މި މިނިސްޓްރީން ދޭ ކޮންސެޕްޓާ އެއްގޮތަށް އެ ސަރަޙައްދު ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ