މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ.ކެންދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

ބ.ކެންދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 އަށް ބ. ކެންދޫ ހެލްތު ސެންޓަރ ނުވަތަ ބ.އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ބ.ކެންދޫ ހެލްތު ސެންޓަރ ނުވަތަ ބ.އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ