ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ

ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ ރިސަރޗް އެސިސްޓެންޓް (ތާރީޚު ދިރާސާކުރުން) އަދި ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން) ހޯދަމަށް ކުރެވުނު އިޢުލާން ނަންބަރު: IUL)222-AH/INDIV/2015/21) (ތާރީޚު:2015 ޖޫން 1) އަށް ޝަރުޠު ހަމަވާ ފަރާތްތައް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ރިސަރޗް އެސިސްޓެންޓް ( ތާރީޚު ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު:
  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައި ތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖޭ އުފެދުނުގޮތާއި މީހުން އާބާދުވިގޮތާއި ދީނާއި ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  2. ދިވެހިރާއްޖޭގެ ޝާޙީ ދަރިފަސްކޮޅު ދެމިގެންއައި ގޮތާއި ދިވެހިރާއްޖޭގައި ފެންނަން ހުރި ހިރިގަލު މިސްކިތްތަކާއި ހުރި ގުޅުމާބެހޭ ގޮތުން ދިރާސާކުރުން.
  3. އެކި ދުވަސްވަރުގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ހުރި ގުޅުމާއި މި ޤައުމުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު.
  4. ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި އެ ދުވަސްވަރު މި މަސައްކަތް ކުރުމަށް ބޭނުންކުރި އާލަތްތަކާއި ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބު ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި ޤަބޫލުކުރެވުނު ޤަބޫލުކުރެވުންތައް އަދި މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ޤަބޫލުކުރުންތަކާއި ހުރި ގުޅުން ހޯދުމަށް ކުރަން ހުރި ދިރާސާތައް ކުރުން.
  7. ރިސަރޗްއާ ގުޅޭ އިދާރީ މަސައްކަތްތައްކުރުން.
  8. ޑިޕާޓްމެންޓުން ތައްޔާރުކުރާ ތާވަލާއި އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅައިފައި ވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓު ތައްޔާރުކުރުން.

މަޤާމް:

ރިސަރޗް އެސިސްޓެންޓް ( އާކިޓެކްޗަރަލް ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު: 
  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • އާކިޓެކްޗަރގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖޭގައި ބިނާކުރެވުނު އިމާރާތްތަކުގެ ވައްތަރުތަކާއި އިމާރަތް ކުރެވުނު ދުވަސްވަރާ ބޭހޭ ގޮތުން ދިރާސާކުރުން.
  2. ދިވެހިރާއްޖޭގައި އިމާރާތް ކުރުމަށް ބޭނުންކުރި މިންތަކާއި ގޮތްތަކާ ބެހޭ ގޮތުން ދިރާސާކުރުން.
  3. ދިވެހިރާއްޖޭގައި އިމާރަތްކުރުމަށް ގެންގުޅުނު މެޓީރިއަލް އަދި އާލަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  4. މިސްކިތްތައް ބިނާކޮށްފައިވާ ތަފާތު ޕްލޭންތަކާއި ޓައިޕޮލޮޖީ އާއި ބެހޭގޮތުން ދިރާސާކުރުން.
  5. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އިމާރަތްތަކަށް ބޭރުގެ ނުފޫޒު އައިސްފައިވާ މިންވަރާ ބެހޭގޮތުން ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  7. ދިވެހިރާއްޖޭގައި ބިނާކުރެވިފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މި ފަދަ ބިނާތަކާއި އަޅާކިޔުން.
  8. ރިސަރޗްއާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  9. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓު ތައްޔާރުކުރުން.

މަސައްކަތްކުރާ ވަގުތު:

  • އާންމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނިހިމަނާ 8 ގަޑިއިރު)
  • މީގެ އިތުރުން ހަފްތާ ބަންދުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ.
  • މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ ހަފްތާއެއްގައި މަސައްކަތް ކުރާ ޖުމްލަ ގަޑި 46 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތު

2015 އޮކްޓޫބަރު 1 ން 2016 ސެޕްޓެންބަރު 30 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ).
  • އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުމުގެ ކޮޕީ.
  • ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.
  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަގާމްތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.
  • ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއްގެ ކޮޕީ މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)
  • މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި/ ޕްރެކްޓިކަލްސް ބޭއްވުން

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މާލޭ ހުކުރު މިސްކިތާ ބެހޭގޮތުން 10 މިނެޓްގެ ޕްރެޒެންޓޭޝަންއެއް ދިވެހި އަދި އިނގިރޭސި ބަހުން ހުށަހަޅަންވާނެއެވެ.

ސްކްރީން ކުރުން

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2015 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3340212 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ