މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސަރވޭ ސުޕަރވައިޒަރ

މަޤާމު

ސަރވޭ ސްޕަވައިޒަރ

މުސާރައާއި އިނާޔަތްތައް

މުސާރަ:-ދުވާލަކަށް -/350 އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދެވޭނެވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ، އަތޮޅުތެރެ/ މިނިސްޓްރީ އޮފް ހެލްތު/ މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015

ބޭނުންވާ އަދަދު

14

ބޭނުންވާ މުއްދަތު

8 މަސް ދުވަސް.

ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާާބިލުކަން ސާބިތުކޮށްދިނުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. ތަފާތު މިޒާޖުގެ ބޭފުޅުންނާ މުއާމަލާތްކުރުމުގެ ގާބިލްކަން ހުރުން.
  2. އިނގިރޭސި އަދި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެގުމުގެ ހުނަރު ލިބިފައިވުން.
  3. އިސްނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތް ސާރވޭގެ އެންމެހާ ކަންތައްތައް ދެނެގަނެ، ސާރވޭގެ މެއިން ފީލްޑްގެ ކުރިން ސާރވޭގެ ކޯރޑިނޭޝަން ޓީމާއެކު މަސައްކަތް ކޮށް ސުވާލުދާރުންގެ(އެނިއުމެރޭޓާރސް) އެންމެހާ ކަންތައްތަށް ކަނޑައެޅިފައިވާ އުސޫލުން ރާވާ ހިންގުން.(ދަތުރުފަތުރު،ހުރުން އަދި ކެއުން ބުއިމުގެ އެންމެހާ ކަންތައް ސާރވޭގެ މައިއޮފީހާއު ގުޅިގެން އިންތިޒާމް ހަމަޖެއްސުން)
  2. ސުވާލުދާރުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާ، މަސައްކަތްތައް ފުރިހަމަކަމާއި އަދި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއްކޮށް އަދި މަސައްކަތްތައް ހަމަ ހަމަ ގޮތެއްގައި ސުވާލުދާރުންގެ މެދުގައި ބެހުން. ނޯޓް:( ސާރވޭގެ ޕްރީޓެސްޓް ތެރެއިންނާއި ސާރވޭގެ މެއިންފީލްޑްގެ ޓްރެއިނިންގް ތެރެއިން ސްޕަވައިޒަރުންނާއި ސުވާލުދާރުން ސާރވޭގައި މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.)
  3. ސުވާލުދާރުންގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނީޓަރ ކުރުން.
  4. ސާރވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މަސައްކަތްތައް ނިމޭވަރު ކޮންމެ ދުވަހަކު ސާރވޭގެ މައި އޮފީހާ ހިއްސާކުރުން.
  5. ސާރވޭގެ ތެރެއިން ދިމާވާ މައްސަލަތައް ވަގުތުންހައްލުކުރުމާއި އަދި ވަގުތުން ހައްލުނުކުރެވޭވަރުގެ މައްސަލަތައް ސާރވޭގެ މައި އޮފީހާ ގުޅިގެން ހައްލުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކުގެ އެޓެސްޓް ކޮށްފައިވާ ފޮޓޯ ކޮޕީ.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލް ގެ ޒަރިއްޔާއިން ޤަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ

[email protected]

ސުންގަޑި: 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއުކުރުން އޮންނާނީ ސެޕްޓެންބަރު މަހު ފަހުކޮޅުގައި މިމިނިސްޓްރީގައެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ