މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ސާރވާ ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުން

މިމަދަރުސާއަށް ސާރވާ ކޮމްޕިއުޓަރ ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެއެވެ. މިހެންވެ ސާރވާ ކޮމްޕިއުޓަރ ސިސްޓަމެއް ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިފުރުޞަތަކީ ވިޔަފާރި ކުންފުނިތަކާއި އަދި ފަރުދުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ