ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސްމާޓް ޓީވީ ހޯދުމަށް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސްމާޓް ޓީވީ ހޯދުމަށް ކުރެވުނު ނަންބަރު IUL)164/1/2015/86) އިޢުލާނާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މިއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސްމާޓް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ މިއިދާރާގެ މީޓިންގރޫމްގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިއޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

10 ސެޕްޓެންބަރު 2015
ހޯދާ