މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިވެންޓް އިންތިޒާމުކޮށް ބާއްވައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއި މިކޯޕަރޭޝަން ގުޅިގެން ފަތުރުވެރިކަން އަދި ތިމާވެށްޓާ ގުޅޭ މަޢުލޫމާތު ސްކޫލުތަކުގެ ދަރިވަރުންނަށް ދިނުމާއި، މިކަމަށް ދަރިވަރުން ހޭލުންތެރި ކުރުމުގެ ޚާއްޞަ އިވެންޓެއް އޮކްޓޫބަރުމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި އިވެންޓް އިންތިޒާމުކޮށް ބާއްވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް، މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތުޝީޓުގައިވާ ކަންކަން ފުރިހަމަކޮށް 2015 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ