މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީގެ ނަންބަރު: IUL)23-ES/1/2015/224)ފ(31 އޮގަސްޓު 2015) ގެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް ހޮސްޕިޓަލް އަދި އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލު މީހެކެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީސް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕަބްލިކް ހެލްތުގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ދާއިރާއިން ހިންގުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީސް

ޅ. އަތޮޅު ހޮސްޕިޓަލް،

އއ. އަތޮޅު ހޮސްޕިޓަލް،

އދ. އަތޮޅު ހޮސްޕިޓަލް،

ވ. އަތޮޅު ހޮސްޕިޓަލް،

ދ. އަތޮޅު ހޮސްޕިޓަލް،

ތ. އަތޮޅު ހޮސްޕިޓަލް،

ގއ. އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕަބްލިކް ހެލްތުގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  5. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014439 އެވެ.

07 ސެޕްޓެންބަރު 2015
ހޯދާ