މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/5,020 ރުފިޔާ        

ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ހިއުމަން ރިސޯސް ސެކްޝަން/ މާލެ

އަސާސީ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ރަޖިސްޓްރީގައިވާ ހުސް މަޤާމުތަކަށް، ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް އިޢުލާނު ކުރުމާއި، ވަޒީފާއަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އެއްމަގާމުން އަނެއް މަޤާމަށް ބަދަލުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
  • އޮނިގަނޑުގައިވާ މަޤާމުތައް އުފެއްދުމާއި، އުވާލުމުގެ މަސައްކަތް ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރުން.  
  • ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ވަޒީފާއާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުމާއި، މުވައްޒަފުން ހުށަހަޅާ ވަޒީފާއާބެހޭ މައްސަލަތައް ބަލައި ޖަވާބުދިނުން.    
  • ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އަލަށް ވަޒީފާދެއްވާ މުވައްޒަފުންގެ ޕްރޮބޭޝަން ލިޔުން ތައްޔާރުކޮށް މުވައްޒަފާ ޙަވާލު ކުރުމާއި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފާ ޙަވާލުކުރުން.
  • މުވައްޒަފުންނަށް ހަމަޖައްސަންޖެހޭ އެކިއެކި އެލަވަންސްތަކާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުން އެޕްރޭޒްކުރުމާބެހޭ މަސައްކަތްތައް ކުރުން.
  • ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ މުސާރަ ހެދުމާއި، މިކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ސެކްޝަން މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިންވިދާޅުވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.
  • އޮފީސް ހުޅުވާ ލެއްޕުން
  • މީގެ އިތުރުންވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު -/5,020 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ އެޑްމިން އެންޑް ޕްރޮކިއުމަންޓް ސެކްޝަން/ މާލެ

އަސާސީ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަނާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ޔުނިޓުން އިންތިޒާމްކުރާ ރަސްމިއްޔާތުތަކާއި، ޖަލްސާތަކާއި، ވާރކްޝޮޕް ފަދަ ޙަރަކާތްތައް އިންތިޒާމްކުރުން
  • އެކިއެކި އޮފީސްތަކުން ބާއްވާ ޖަލްސާތަކާއި، ބައްދަލުވުންތަކަށް ޔުނިޓްގެ ފަރާތުން ފޮނުވަންޖެހޭ ބޭފުޅުން ހަމަޖައްސާ، ވިލަރެސްކޮށް ރިކޯޑްތައް ބެހެއްޓުން
  • ޖުވެނައިލް ކޯޓުން ފޮނުވާ ތާވާލްގައިވާގޮތަށް އެކަމާގުޅޭ މުވައްޒަފުންނަށް އެކަން އަންގާ، ކޯޓު ފޮތް ބެލެހެއްޓުން
  • ޖުވެނައިލް ޖަސްޓިސް ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުން
  • ޔުނިޓުން ޝާއިޢުކުރާ ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމާއި ޗާޕްކުރުމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ޔުނިޓުން ހިންގާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
  • ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  • މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

16 ސެޕްޓެންބަރު 2015  ން 30 ސެޕްޓެންބަރު 2015 ށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

15 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

03 ސެޕްޓެންބަރު 2015
ހޯދާ