ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

32

ގްރޭޑް:

06

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  • ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 5/6 ގެ ޑިޕްލޮމާ އެއް ހޯދުމަށް ފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި ފެކަލްޓީގެ ލިޔުންތަކާއި ފޮނުވާ އަދި ލިބޭ ލިޔުންތައް ބެލެހެއްޓުން
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރަންޖޭ އުސޫލުން އެކަން ރަނގަޅުކުރުމަށް ބޭނުންވާ އެންމެހާ ކަންތައްތައްކުރުން
  • މަރުކަޒީ އިދާރާއިން އަންގާގޮތުގެ މަތިން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި އަހަރު ނިމުމުން އެއަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން
  • ފެކަލްޓީގެ އިދާރީ އަދި އެކަޑެމިކް ޙަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ ހަމަ އެހެންމެ ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވުން
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައިވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުމާއި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން
  • ފެކަލްޓީ އަށް ބޭނުންވާ ފަރުނީޗަރާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެ މަތިން މަރުކަޒީ އިދާރާގެ ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅައިގެން ހޯދުން. މި ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި ޕްރެކްޓިކަލްއަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ހޯދުން
  • ފެކަލްޓީ އަށް ލިބޭ ކޮންސިއުމަބަލްސް ނުވަތަ ތަނުގައި ބަހައްޓައިގެން ބޭނުންކުރެވޭ ތަކެތީގެ ސްޓޮކް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ފެކަލްޓީގެ ބޭނުންތަކަށް ބަލަހައްޓާ ކޮންސިއުމަބަލްސް މުވައްޒަފުންނަށް ދޫކޮށް އެމީހުންނަށް ލިބުނުކަމުގެ ސޮއި ހޯދައި އޭގެ ރެކޯޑު ބެލެހެއްޓުން. (އަދި ވޭތުވެދިޔަ ތާނގައި ދޫކޮށްފައިވާ ތަކެތި ޙަވާލުވިކަމުގެ ސޮޔާއި އޭގެ ރެކޯޑު ފުރިހަމަކުރުން.)
  • ފެކަލްޓީގެ ސްޓޮކް ރެކޯޑު ފޮތުގައި ބެލެހެއްޓުމުގެ އިތުރަށް 'އެމްއެސް އެކްސެލް' ގައި ކޮންމެ އައިޓަމަކަށްވެސް ވެއްދި، ދޫކުރި އަދި ބާކީ އެނގޭގޮތަށް ކޮމްޕިއުޓަރގައި ބެލެހެއްޓުން.
  • ފެކަލްޓީ އަށް ހޯދަންޖެހޭ ކޮންސިއުމަބަލްސް ހޯދައި ބެލެހެއްޓުމުގައި 'ރީ-އޯޑަރިންގ ޕްލޭނެއް' ތައްޔާރުކޮށް އެއާ އެއްގޮތަށް ތަކެތި ހޯދުމުގެ ކަންތައް ކުރުން.
  • ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި ގަވާއިދުން ނީލަމަށް ފޮނުވުމާއި ގަވާއިދުން ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ރެކޯޑު ބަލަހައްޓައި އިންވެންޓްރީ އަށް އަންނަ ބަދަލުތަކުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަނެ، އެކަންކަން ކުރަން ހަމަޖެހިފައިވާ ގަވާއިދުންކޮށް، މާރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދިގުމުއްދަތަށް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެމަސައްކަތް ކުރަމުންދާގޮތް ބަލައި، މެއިންޓެނަންސް އެއްބަސްވުންތަކުގައި އެއްބަސްވެފައިވާގޮތަށް އެކަން ހިނގާތޯ ބަލައި ރިވިއުކޮށް، އެފަދަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެމަސް ކުރިން އާބަޔަކު ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ ދަށުން އެޅުން.
  • ފެކަލްޓީގެ ބަދިގެ، ރެސްޓޯރަންޓް، ކުލާސް ރޫމް އަދި ގޯތިތެރެ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށްދީ އެފަރާތްތަކުން ކުލި ދެއްކުމުގެ ކަންތައް ހިނގާނުހިނގާ ގޮތް ބަލައި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

14 ސެޕްޓެންބަރު 2015 ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މިމުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެއެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  
07 ސެޕްޓެންބަރު 2015
ހޯދާ