ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

މިހޮސްޕިޓަލްގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު: IUL)NAH-A-AD/2015/5) (ތާރީޚު:13 މޭ 2015) އިޢުލާނުގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ބަޖެޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. އަތޮޅު ހޮސްޕިޓަލް، ނ.މަނަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޮންމެ އަހަރަކަށް ލަފާކުރާ ބަޖެޓް އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް ހިމެނޭގޮތަށް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
  2. މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުންގެ މުސާރައާއި ބަޖެޓްފައިސާ އަދި އެހެހނިހެން ފައިސާގެ ކަންތައްތައް ބެލެހެއްޓުން
  3. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ރިޓަޔަރމެންޓް ޕެންޝަނުގެ ތަފުސީލު ތައްޔާރުކުރުމާއި ބެލެހެއްޓުން.
  4. ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، ޗެކް ހެދުން.
  5. ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުތަކުގެ ބިލްތައް ޗެކްކޮށް ފައިސާ ދެއްކުން.
  6. ހޮސްޕިޓަލްގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުން.
  7. ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުތަކުގެ ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ރިޕޯޓްތައް ބެލެހެއްޓުން.
  8. ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް އެނަލައިޒްކޮށް ބެލެހެއްޓުން.
  9. އެހެނިހެން ބިލްތައް ޗެކުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ޗެކުކުރުން.
  10. މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ހާޒިރުވާ ކޮންމެ ދުވަހަކަށް، ރިސްކް އެލަވަންސްގެ ގޮތުގައި -/25 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ސެޕްޓެންބަރު 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ނ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 އޮކްޓޫބަރު މަހުގައި ނ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުާނީ، ރަސްމީ ގަޑީގައި 6560036 ނަންބަރު ފޯނާއެވެ.  

24 ރަޖަބު 1436
03 ސެޕްޓެންބަރު 2015
ހޯދާ