މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މިނިސްޓްރީގެ ނަންބަރު އިޢުލާން IUL)22-D/1/2015/238) (ތާރީޚު:20 ޖުލައި 2015) އިޢުލާންގައިވާ 2 މަޤާމުގެ ތެރެއިން ޝަރުޠު ހަމަވާ އެންމެ ފަރާތެއް ހޮވިފައިވާތީ، އެއިޢުލާންގައިވާ 1 އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

ކޮންޓްރެކްޓްކޮށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަދަދު: 2

މި މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް ގެ މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންތައްތައް އަދި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 3 މަސް ދުވަހުގެ މުއްދަތަށް ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ މީހުން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާއްމު ގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑި (ހެނދުނު 08:00 ން މެންދުރުފަހު 15:00) ގައެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު ހަޔަރ ސެކަންޑްރީ ސެޓްފިކެޓްގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލިބިފައިވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ  30-17 ސެޕްޓެންބަރު 2015 (ވެލާނާގެ 8 ވަނަ ފަންގިފިލާ ) ގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމަކުން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތްތައް ފަރުވާ ބަހައްޓައިގެން ކުރާނަމަ ކޮންޓްރެކްޓް މުއްދަތު އިތުރު ކުރެވޭނެކަމުގައި ދަންނަވަމެވެ.

07 ސެޕްޓެންބަރު 2015
ހޯދާ