ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ގުދަންތަކަށް މުދާ ގެންގޮސްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯގެ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިކުންފުނީގެ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު ADM/2015/284-ފ60 އިޢުލާނުގައި ބަޔާން ކޮށްފައިވާ މަސައްކަތަކަށް އެސްޓީއޯ އިން ވަނީ ބަދަލުތަކެއް ގެންނަން ނިންމާފައެވެ. މިގޮތުން، އެސްޓީއޯ މާލޭގެ ގުދަންތަކުގެ އިތުރުން ހުޅުމާލެ އަދި ތިލަފުށީގައި ޤާއިމުކޮށްފައިވާ ސައިޓްތަކަށް މުދާ ގެންގޮސްދޭންޖެހޭ ތަންތަނުގެ ގޮތުގައި ވަނީ ހިމަނަން ނިންމާފައެވެ.

ވީމާ، އިސްވެދެންނެވުނު އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކުރުމުގެ ޢަމަލީ އަދި ފަންނީ ތަޖުރިބާހުރި އެންމެހައި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މިކުންފުނިން ކަނޑައަޅާ މުދާ އެމްޕީއެލް ސަރަހައްދުން އެސްޓީއޯގެ މާލެ، ހުޅުމާލެ އަދި ތިލަފުށީ ސައިޓްތަކަށް ގެންގޮސްދިނުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ސެޕްޓެންބަރު 13 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ސެޕްޓެންބަރު 20 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޛަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށްް 2015 ސެޕްޓެންބަރު 21 ވަނަ ދުވަހު ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 01 ވަނަ ދުވަހުގެ 09:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   224 3012 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

05 ސެޕްޓެންބަރު 2015
ހޯދާ