އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މެންބަރުންގެ އަދަދު 3000 (ތިންހާސް) ހަމަނުވާ ސިޔާސީ ޕާޓީތަކަށް އެ އަދަދު ހަމަކުރުމަށް ފުރުޞަތު ދިނުން

އިޢުލާނު

"ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" ރައީސުލްޖުމަހޫރިއްޔާ ތަޞްދީޤު ކުރެއްވުމާގުޅިގެން މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދަށް ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދުގައާއި، މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ޞައްޙަކަން ކޮމިޝަނުން ބަލާއިރު، އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދަށް ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދު، މިކޮމިޝަނުގައި ދަފުތަރު ކުރެވިފައިވާ ތިރީގައި ދަންނަވާ ސިޔާސީ ޕާޓީތަކަށް އިސްވެދެންނެވުނު ޤާނޫނުގެ މާއްދާތަކަށް ޙަވާލާދީ 3000 (ތިންހާސް) މެމްބަރުންގެ އަދަދު ހަމަކުރުމަށް މިއަދުން ދެށިގެން 3 މަސްދުވަހުގެ މުއްދަތެއް ދެމެވެ.

  1. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
  2. ދިވެހިރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ
  3. ޝޯސަލް ލިބަރަލް ޕާޓީ
  4. ޕީޕަލްސް ޕާޓީ
  5. މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް
  6. ޕީޕަލްސް އެލައަންސް
  7. މޯލްޑިވިއަން ލޭބަރ ޕާޓީ
  8. ދިވެހި ޤައުމީ ޕާޓީ

އަދި މިއަދުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި 3000 (ތިންހާސް) މެންބަރުންގެ އަދަދުހަމަ ނުކުރެވިއްޖެނަމަ، ޤާނޫނު ނަންބަރު 4/2013 "ސިޔާސީ ޕާޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" ގައި ވާ ގޮތުމަތިން މި ޕާޓީތަކާމެދު އަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

22 ޛުލްޤަޢިދާ 1436

06 ސެޕްޓެންބަރު 2015
ހޯދާ