ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ – ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢު
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދަން ބޭނުންވެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ބޭންކްގެ އިރުޝާދާއި، ޕްރޮޖެކްޓް ޑިރެކްޓަރާއި މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓަންޓް ގެ ލަފާގެ މަތިން ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން
- ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ޕްރޮކިއޮމަންޓް އުސޫލުތަކުގެ ތަޖުރިބާ ލިބިފައިވުން އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (2006) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) އަށް އަހުލުވެރިވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.
- މައިކްރޯސޮފްޓް ޕެކޭޖް (މައިކްރޯސޮޕްޓް ޕްރޮޖެކްޓް، މައިކްރޯސޮޕްޓް ވަރޑް، މައިކްރޯސޮޕްޓް އެކްސެލް، މައިކްރޯސޮފްޓް ޕަވަރ ޕޮއިންޓް) އަށް އަހުލުވެރިވާންވާނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- އިނގެރޭސި ބަހުން މުޢާމަލާތުކުރުމުގެ ހުނަރުވެރިކަން.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 1,500.00 އެމެރިކާ ޑޮލަރާއި 2,200 އެމެރިކާ ޑޮލަރާއި ދެމެދުގެ އުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 1 ނޮވެންބަރު 2015 އިން ފެށިގެން 31 ޖުލައި 2019ގެ ނިޔަލަށް އަހަރަކު އެއްފަހަރު މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓް އައުކުރެވޭގޮތަށެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހު 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕަރމަނަންޓް ސެކްރެޓަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349339، 3349398
ފެކްސް:3320706 ،3324432،
އީމެއިލް އެޑްރެސް: [email protected]