ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާއިމާރާތުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ފެލިދޫ ކައުންސިލް އިދާރާގެ ބާއިމާރާތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ފެލިދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ފެލިދޫކައުންސިލް އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  6700720 ނުވަތަ 7710469 އަށެވެ.

ބިޑް ޑޮކިއުމެންޓަށް ޕޮއިންޓް ދެވޭ ގޮތްތައް:

  • ހުށަހަޅާ އަގަށް ދެވޭ އެންމެ މަތީ އިންސަތައަކީ %50 އެވެ.
  • މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތަށް %30 އެވެ.
  • ކުންފުނި/ ހުށަހަޅާ ފަރާތުގެ މަސައްކަތުގެ ތަޖުރިބާ (މިހާތަނަށް ނިންމާފައިވާ މަސައްކަތްތައް) %20 އެވެ.

އަންދާސީހިސާބު ހުށަހެޅުން

  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓިއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އިދާރާގެ ބާއިމާރާތް މަރާމާތުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015
ހޯދާ