ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އީ.އެކްސް 1 / ޑިރެކްޓަރ

އޮފީސް/ އިދާރާ:

ސެކްޝަން:

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ

  -

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ / ށ. ގޮއިދޫ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ބޭނުންވާ އަދަދު:

ގިންތި:

1 (އެކެއް)

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރުވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ޒިންމާދާރުވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާގެ ހިންގުމާބެހޭ ހުރިހާ އިދާރީ ކަމެއް ރާވައި ހިންގައި ޖަވާބު ދޭންޖެހޭ ކަންކަމުގައި ޖަވާބުދާރީވުން.
  4. ރަށުގެ ކަންތައްތަކާއި ރަށު ކައުންސިލްގެ އިދާރާގެ ކަންތައްތައް ބެލެހެއްޓުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، އަތޮޅު ކައުންސިލްގެ  އިދާރާއާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން އަންގަވާ އެންގުވުންތަކަށް ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢާމަލުކުރަމުން ގެންދިއުން.
  5. މުވައްޒަފުންނާބެހޭ އެންމެހާއި ކަންތައްތައް ބެލެހެއްޓުން.
  6. ސިޓީ/ މެސެޖް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިދާރާއިން ތައްޔާރުކުރަންޖެހޭ ތަފާތު ރަޖިސްޓަރީތަކާއި، ހުއްދަތައް ތައްޔާރުކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. އިދާރާގެ މުދަލާއި ފައިސާއާބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތަށް ކައުންސިލުގެ ލަފާ މަތިން ބެލެހެއްޓުން.
  9. ދުވަހު ޔައުމިއްޔާއާއި މުހިންމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  10. ޕަރމަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރުވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރުވެރިން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިހާނު (%30)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ސެޕްޓެންބަރު 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު:3303648)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ސެޕްޓެންބަރު 27 އާ 2015 އޮކްޓޫބަރު 08 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް: 
  • ޖުމްލަ އިންސައްތަ %35
  • އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33

   (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް:
  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.
  • އިމްތިހާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015
ހޯދާ