ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އީ.އެކްސް 1 / ޑިރެކްޓަރ

އޮފީސް / އިދާރާ:

ސެކްޝަން:

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

  -

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ / ލ. އިސްދޫ

މުސާރަ

8,835.00 ރުފިޔާ

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

ގިންތި:

1 (އެކެއް)

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އިދާރާގެ އެންމެހައި މަސައްކަތް ރާވައި ހިންގުން.
  3. މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މުދަލާއި ފައިސާގެ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
  4. އެއްވެސް ޔުނިޓެއް ބަލަހައްޓާ އިސްވެރިޔަކު ސަލާމްބުނެ ނުވަތަ ޗުއްޓީ ނަންގަވައިފިނަމަ އެ ޔުނިޓެއްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  5. ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ބަލައި ސްޕަވައިޒްކުރުން އަދި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙުކުރުން.
  6. ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ދެވޭނެ އިންތިޒާމް ހަމަޖެއްސުން/ ވަސީލަތްތައް ހޯދުން.
  7. އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނުން ކައުންސިލް އިދާރާއިން ރައްޔިތުންނަށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް އެއްމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން.
  8. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެއާގުޅޭ ގަވާއިދުތަކާ ތައާރުޒުނުވާގޮތަށް ސަރުކާރާއި ރައްޔިތުންގެ ފައިސާގެ އެންމެހައި ކަންތައް ބެލެހެއްޓުން.
  9. ކައުންސިލްގެ އިދާރާއިން ހިންގާ އެންމެހައި މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
  10. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި އަތޮޅު ޒިންމާދާރުވެރިޔާއަށް އެހީތެރިވެ ދިނުމާއި ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅިގެން އެ ފަރާތްތަކުން ހަވާލުކުރާ އެންމެހައި މަސައްކަތްކުރުން.
  11. ސިވިލް ސަރވިސްގެ ގަވާއިދުއާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިރުޝާދުތަކާއި އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާބެހޭ އެންމެހައި ކަންތައްކުރުވުން.
  12. ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ކަންތައް ހިންގައި ބެލެހެއްޓުން.
  13. މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އެލަވަންސްތަކުގެ ކަންތައް ބެލެހެއްޓުން.
  14. ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސަރަވިސްގެ މުވައްޒަފުންގެ ކަންތައް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  15. މުވައްޒަފުންގެ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދާ ބަލައި އެ ފުރުޞަތުތައް މުވައްޒަފުންނަށް ލިބި ދިނުން.
  16. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިޙާނު (%30)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ސެޕްޓެންބަރު 16 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއު،  އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ސެޕްޓެންބަރު 27 އާ 2015 އޮކްޓޫބަރު 08 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

  • ޖުމްލަ އިންސައްތަ %35
  • އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)
އުޖޫރައާއި އިނާޔަތްތައް:
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015
ހޯދާ