ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އީ.އެކްސް 1 / ޑިރެކްޓަރ

އޮފީސް / އިދާރާ:

ސެކްޝަން:

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

  -

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ / ހއ. ތަކަންދޫ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

ގިންތި:

1 (އެކެއް)

ދާއިމީ

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ރަށް ހިންގައި ރަށްތަރައްޤީ ކުރުމާއި ރަށްވެހިކަމުގެ ޚިދުމަތްތައް އިދާރާއިން ދިނުމަށް އިންތިޒާމުކޮށް  ކައުންސިލްގެ އިދާރާއަށް ދުވަހުން ދުވަހަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ހިނގާ ނުހިނގާ ގޮތް އިސްވެ ބެލުން.
  3. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކަންކަން ޔުނިޓްތަކުގެ ވެރިންނާއެކު ވިލަރެސް ކުރުމާއި،  މިގޮތުން ހެދޭ ޕްލޭންގައި ރައްޔިތުންނަށް އަދި އިދާރާގައި ޚިދުމަތްތައް ދިނުމުގައި ބޭނުންވާ ކަންތައްތައް އެކުލަވައިލާފަވާކަން ކަށަވަރުކުރުން.
  4. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމާއި ، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތަކުގެ ލިޔުންތަކުގައި ސޮއިކުރުން.
  5. ކައުންސިލް އިން ނިންމާ ނިންމުންތަކަށް އިދާރީގޮތުން އަޅަން ޖެހޭ ފިވަޅުތައް އެޅެމުންދޭތޯ ބެލުން.
  6. ކައުންސިލަރުންނާ ބައްދަލުކުރުމަށް އަންނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުމާއި، ކައުންސިލަރުންނަށް އެހެން އިދާރާތަކުން ބޭނުންވާ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި ދިނުމުގެ ކަންކަން އިދާރާގައި ހަމަޖެއްސުން.
  7. ކައުންސިލްގެ ބައްދަލްވުންތަކުގައި ބައިވެރިވުމާއި، ކައުންސިލަށް ޖަވާބުދާރީވުމާއި، ކައުންސިލްއަށް ބޭނުންވާ ކަންތައްތަކުގަ އެހީތެރިވެދީ ލަފާ ދިނުން.
  8. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ހުރިހާ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި އިސްވެ ތިއްބެވި ޔުނިޓްތަކުގެ އިސްވެރިންގެ މަސައްކަތް ކުރިޔަށް ގެންދާގޮތް ބަލާ އިރުޝާދު ދީ މަޝްވަރާދިނުމާއި ، ހުށަހެޅޭ މައްސަލަތަކުގައި ޖަވާބުދޭންޖެހޭ މުއްދަތަށް ޖަވާބުދެވެމުން ނުދާނަމަ  އެކަން ރަނގަޅުކުރުމަށް ޔުނިޓްތަކުގެ ވެރިންނާ  އަޅަންޖެހޭ ފިޔަވަޅު އެޅުން.
  9. ލާމަރުކަޒީ ޤާނޫނު (7/2010)ގެދަށުން ކައުންސިލްތަކަށް ލާޒިމްކުރާ ޚިދުމަތްތައް އިދާރާއިން ދެވެމުންގެންދެވޭތޯ ކަށަވަރުކުރުމާއި ، ކައުންސިލްގެ އަހަރީ ބަޖެޓްގައި ހިމަނަންޖެހޭފައިސާ ހިމެނިފައިވޭތޯ ކަށަވަރުކުރުން.
  10. ކައުންސިލްގެ ބިޔުރޯ ގެ މަސައްކަތްތައް ގެންދާ ގޮތް ބެލެހެއްޓުމާއި ، މީޑިޔާއަށް މަޢުލޫމާތު ދިނުން.
  11. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަން ޖެހޭ ސިޔާސަތުތައް ކައުންސިލުން އެކަށައަޅައި ނިންމުމުންނާއި، އެއާގުޅިގެން ހަދާ ގަވާއިދު  ކައުންސިލުން ނިންމުމުން އެސިޔާސަތާއި އެ ގަވާއިދު ހިންގުމަށް އިދާރާގައި އަޅަންޖެހޭ ފިޔަވަޅުއެޅުން.
  12. ރަށުގައި ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުން.
  13. ކައުންސިލުގެ އިދާރާ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ އެކަށައެޅުމާއި އިދާރާއިން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ހުރި މަސައްކަތްތައް މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރެވިފަވާކަން ކަށަވަރުކުރުން.
  14. ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެމަގުތަކާއި ޕާކްތަކާއި މައިދާންތައްފަދަ ތަންތަނަށް ނަންދިނުމާއި އެފަދަތަންތަނުގެ ނަންބަދަލްކުރުމުގެ ކަންތައް ބެލެހެއްޓުން.
  15. ސިވިލްސަރވިސްގެ މުވައްޒަފުން ލެއްވުމާ ވަޒީފާއިން ވަކިކުރުމަށް ހުށަހަޅަން ޖެހޭ މައްސަލަތައް އިސްވެ ބެލެހެއްޓުމާއި، މުވައްޒަފު ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި، މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށް ނަމަވެސް ވަޒީފާއަށް ނުނެރެ ބެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  16. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެކަންތައް ހިނގަމުންދަނީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށްގެން އިންސާފުވެރި ގޮތެއްގެ މަތިންކަން ކަށަވަރުކުރުން.
  17. މުވައްޒަފުން މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ގަވާއިދުން ކުރިޔަށް ދޭތޯ ބެލުން.
  18. ދިވެހި ސިވލް ސަރވިސްގެ ކޮންމެ މުވައްޒަފަކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާ ބެހޭ ޤާނޫނާއ ،ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އެހެނިހެންވެސް ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށް ބެލެހެއްޓުމުގެ ނިޒާމު އިދާރާގައި ޤާއިމްކޮށް ކަމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް އެކަށައަޅާ މުވައްޒަފުން ޒިންމާކުރުވައި، މުވައްޒަފުންގެ ވަޒީފާ ބަޔާންވަނީ ސުޕަވައިޒަރާއި އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ މުވައްޒަފުންނަށް ރަނގަޅަށް ސާފުކޮށްދެވި އެއްބަސް ވެފައިވޭތޯ ކަށަވަރުކުރުން.
  19. މަސައްކަތުގެ ފެންވަރު ބެލުމާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމާއި، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހަޅާ ޙައްލު ހޯދުން.
  20. މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ތަމްރީނު ދޭންޖެހޭ މުވައްޒަފުންނާއި މުސާރައިގެ ކުރިއެރުން ދޭންޖެހޭ މުވައްޒަފުންނަށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން އެކަންތައްތައް ހަމަޖައްސައި ދިނުމަށް ދެންނެވުން.
  21. މަސައްކަތުގެ ފެންވަރު ބަލާ ނިމުމުން ރިޕޯރޓް ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް މުއްދަތަށް ފޮނުވުމުގެ ކަންތައް އިސްވެ ބެލެހެއްޓުން.
  22. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް ގެ އިސްފަރާތެއް ހަމަޖެހެންދެން އެ ޔުނިޓް ހިންގުން.
  23. އިދާރާގެ މަސައްކަތްތައް ކުރާނެ ގޮތުގެ މިންގަނޑުތައް (ސްޓޭންޑަޑް) ކަނޑައެޅުމަށް ކައުންސިލްގެ އިސްވެރިޔާއާއި މަޝްވަރާކޮށް އިދާރާގެ ވިޝަން، މިޝަން އަދި ސްޓްރެޓެޖީގެ މައްޗަށް ބިނާކޮށް ކަނޑައެޅުމާއި، އިދާރާގެ މުވައްޒަފުންނާ ހިއްސާކުރުން.
  24. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އިދާރާގެ މުވައްޒަފުންގެ މެދުގައި ތަންފީޛުކުރުން.
  25. އިދާރާއިން ފޯރުކޮށްދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި އިންސާނީ ވަސީލަތްތައް ހޯދުމާއި ތަރައްޤީ ކުރުމާއި ތަރައްޤީކޮށް ބޭނުންކުރުމާއި، އިދާރާގެ ގައިޑްލައިން ހަދާ އިދާރާ ހިންގުން ހަރުދަނާކުރުމާއި ދާއިރާގެ ސިޔާސަތުތަކަށް ބަލާ ހިންގަން ރާވާ މަޝްރޫޢުތައް ހިންގޭނެ ގޮތް އިދާރާގައި ހަމަޖެއްސުން.
  26. ކައުންސިލުން ކުރުމަށް ނުވަތަ ޚިދުމަތް ދިނުމަށް ޤާނޫނު އަސާސީންނާއި  ޤާނޫނުތަކުންނާއި ގަވާއިދުތަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ޔުނިޓްތަކަށް ޙަވާލުކޮށް އެކަންކަން ކައުންސިލްގެ އިދާރާއިން ކުރަމުން ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ރަސްމީ މަސައްކަތާއި ގުޅިގެން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
  27. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިހާނު (%30)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއު،  އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ސެޕްޓެންބަރު 27 އާ 2015 އޮކްޓޫބަރު 08 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

  • ޖުމުލަ އިންސައްތަ %35
  • އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް:
  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަގާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015
ހޯދާ