އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ ރަސްމިއްޔާތު ބާއްވާ ތާރީޚު

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އިޞްލާޙު ކުރުމާގުޅިގެން އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް، ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތު މިއަހަރު ބާއްވާނެ ތާރީޚުތައް ތިރީގައި މިދަންނަވަނީއެވެ. އަދި މިރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން މިއޮފީހުން ފަހުން އަންގާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

1- 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަސް

2- 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަސް

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015
ހޯދާ