ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހަރުކުރަން

އެއަރކޮންޑިޝަން ހަރުކުރަން ބޭނުންވެއްޖެ:

މި ބިއުރޯގެ ފަރާތުން ޣާޒީ ބިލްޑިންގގެ ތިރީގައި ބޭނުންކުރަމުންދާބައިގައި އެއަރކޯން ހަރުކުރަން ބޭނުންވެއްއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޣާޒީ ބިލްޑިންގގެ ތިރީބަޔަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 13 ވަނަ ދުވަހުގެ 10:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ފޯނާ ގުޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ