ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ދިވެހިބަހުގެ އެކެޑަމީއަށް 30×50 ފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހިފަން ބޭނުން ވެގެން ކުރި ނަންބަރު IUL)430-DBA-I/1/2015/28) އިޢުލާނަށް އަންދާސީ ހިސާބު އެއްވެސްފަރާތަކުން ހުށަނޭޅުމާ ގުޅިގެން މިޢިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، ގުދަންކުއްޔަށް ދޫކުރަން ބޭނުންފުޅުވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 7 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ޙާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ