މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

މި މަރުކަޒުން 2015ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސް ސެޓްފިކެޓް އިން ސްޕޯޓްސް މެނޭޖްމެންޓް ކޯހުގައި މި މަރުކަޒުން ދޭ ކަރިކިއުލަމާއި އެއްގޮތަށް މެޓީރިއަލް ތައްޔާރުކޮށް ކިޔަވައިދެއްވާނެ

އިންސްޓްރަކްޓަރުން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ މޮޑިއުލްތަކުގެ ތެރެއިން އެފަރާތަކަށް ނަންގަވައިދެއްވޭނެ މޮޑިއުލްތައް ވަކިވަކިން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ ނަން: އެޑްވާންސްޑް ސެޓްފިކެޓް އިން ސްޕޯޓްސް މެނޭޖްމަންޓް

އެލަވަންސް : ގަޑިއަކަށް -/400 (ކިޔަވައިދިނުމަށް ގަޑިއަކަށް -/250ރ އާއި މެޓީރިއަލް ކްރިއޭޓްކުރުމަށް ގަޑިއަކަށް -/150ރ)

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ހ.ބޯޅަގެ)

ކޯހުގެ މޮޑިއުލް:

  • އިންޓްރޮޑަކްޝަން ޓު ސްޕޯޓްސް މެނޭޖްމެންޓް (40 ގަޑިއިރު)
  • އިންޓްރޮޑަކްޝަން ޓު ހިއުމަން ރިސޯސް މެނޭޖްމެންޓް (27 ގަޑިއިރު)
  • އިންޓްރޮޑަކްޝަން ޓު ސްޕޯޓް މާކެޓިންގ (40 ގަޑިއިރު)
  • އިންޓްރޮޑަކްޝަން ޓު ފައިނޭންޝަލް މެނޭޖްމެންޓް (40 ގަޑިއިރު)
  • ޕްރެކްޓިކަމް 1 (53 ގަޑިއިރު)
  • އިވެންޓް މެނޭޖްމެންޓް (27 ގަޑިއިރު)
  • ޕަބްލިކް ރިލޭޝަންސް އެންޑް ސްޕޯޓްސް  (40 ގަޑިއިރު)
  • ފެސިލިޓީ މެނޭޖްމެންޓް (27 ގަޑިއިރު)
  • ސްޓްރެޓެޖީސް ފޯ ކަރިއަރ ސަކްސެސް (53 ގަޑިއިރު)
  • ޕްރެކްޓިކަމް 2 (53 ގަޑިއިރު)

ޝަރުޠު: ސްޕޯޓްސް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ތަޢުލީމީ ސެޓްފިކެޓްތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
  • އިންސްޓްރަކްޓަރ ސީވީ
  • އައިޑީކަޑު ކޮޕީ (ދެފުށް ފެންނާނެހެން ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  • މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރައަކުން ދޫކޮށްފައިވާ ލިޔުން
  • ސުންގަޑި: 10 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ ހ.ބޯޅަގެ
  • އިތުރު މަޢުލޫމާތު 3326986 މިނަމްބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ