މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި އަތޮޅުތެރޭގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް 4 އޮކްޓޫބަރު 2015 އިން 8 އޮކްޓޫބަރު 2015 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅޭނީ 8 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

19 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ