ފެމިލީ ކޯޓް
ދިވެހިރާއްޖެ
05 ހާރޑްޑިސްކު ސަޕްލައިކޮށް ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޯޓުގެ ސާވަރ (DELL Power Edge R620 1U- Service Tag: FHM2GY1) އަށް ބޭނުންވާ 05 ހާރޑްޑިސްކު ސަޕްލައިކޮށް ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާ ގުޅޭ މަޢުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1436  

30 އޮގަސްޓް 2015
ހޯދާ