ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓެޓިވް

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓެޓިވް

އަދަދު: 1

އަސާސީ މުސާރަ: 3380.00ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 134 (ލ. ފޮނަދޫ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 2000.00ރ 2500.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޭޝް ކައުންޓަރ ބެލެހެއްޓުމާއި ފައިސާގެ މުއާމަލާތް ކުރުން
  • ކޮންމެ ދުވަހެއްގެ ކޭޝް ބެންކަށް ޖަމާކުރުން އަދި ޑެއިލީ ފައިނޭންސް ރިޕޯޓު ހެދުމާއި އަދި ފައިލް ކުރުން
  • ހަރުތަކުގައި މުދާ އެތުރުމާއި މުދަލުގައި އަގުޖެހުން
  • ކަސްޓަމަރުންނަށް މުދަލާ ބެހޭ މަޢުލޫމާތު ދިނުމާއި މާރކެޓް ކުރުން އަދި ސޭލްސް ރިޕޯޓު ހެދުން

ތަޢުލީމީ ތަޖުރިބާ:

  • ޖީ.ސީ.އީ. އޯލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހި މާއްދާއިން "ސީ" ފާހެއް ނުވަތަ އެއަށް ވުރެއް މަތީ ފާހެއް އޮތުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
  • ދިވެހި އަދި އިނގިރޭސި މި ދެބަހުން ރަނގަޅަށް މީހުންނާ މުއާމަލާތުކުރަން އިގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 9 ވާ ބުދަ ދުވަހުގެ12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަަކަށް ބެލުމަށްފަހު ޝަރަޠު ހަމަވާ އެޕްލިކޭޝަންއެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

ހެޑް އޮފީސް އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:3344273، 3344333 ވެބްސައިޓް: www.stomaldives.com

30 އޮގަސްޓް 2015
ހޯދާ