ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް/ ވިލިނގިލި

 

 

ސްޕައިން ޕޮއިންޓް:

32

ގްރޭޑް:

06

މަޤާމުގެ ޝަރުތު:

 

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް 5/6 ގެ ޑިޕްލޮމާ އެއް ހޯދުމަށް ފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމުގެ ކަންތައް ބަލަހައްޓަވާ ޗެކްކޮށް ފައިލް ކުރުވުން.
  • ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކުރުވާ/ކުރުން
  • ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅާ، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
  • ސްޓޮކް ބާކީ ފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލާ 6 މަހުން އެއްފަހަރު ސްޓޮކް ބާކީ ކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި ސްޓޮކް ގުނާ ޗެކްކުރުން.
  • ސެންޓަރުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުމުގެ ކަންތައް އިންތިޒާމުކޮށް ޗެކްކޮށް އިންވެންޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސެންޓަރުގެ ވެރިޔާ ނެތް ހިނދެއްގައި ޔުނިވާރސިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ސެންޓަރ ހިންގުން ހަވާލުކޮށްފިނަމަ، ސެންޓަރ ހިންގުނމުގެ ޒިންމާ ޙަވާލުކުރުން.
  • އަހަރު ރިޕޯޓު ތައްޔާރުކޮށް މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
  • ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި އަދި އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލް ކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.
  • މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް އެންމެންގެ އެއްބާރުލުމާއެކު މަސައްކަތް ކުރާނެ މާހައުލެއް ޤާއިމުކުރުން.
  • ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވި ކުރުމަށާއި އަދި ފެންވަރު ރަނގަޅުކުރުމަށް އެންމެ އިސްވެރިޔާގެ އިރުޝާދާއެކު އަޅަން ޖެހޭ އިޞަލާޙީ ފިޔަވަޅުތައް އެޅުން.
  • މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ ފަދަ ކޮމެޓީތަކުގައި ބައިވެރިވުން، އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުމާއި އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ ޖަލްސާތައް ޗެއަރ ކުރެއްވުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާ އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
03 ސެޕްޓެންބަރު 2015
ހޯދާ