ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމު       

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން

ޕްރޮކިއުމެންޓް އެންޑް މެއިންޓެނަންސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ރޭންކް:                

MS 1

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ،
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މަކްހެއް ލިބެމުންދިޔުމާއެކު GS 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

އިންޓަރވިއުގައި ސާބިތު ކޮށްދޭންޖެހޭ ޤާބިލުކަން

  • އޮފީހުގެ ފަރުނީޗަރތަކާއި އިކުއިޕްމަންޓްސް އެއްތަނުން އަނެއްތަނަށް (ސިޑިންމައްޗަށާއި ތިރިއަށް) ބަދަލުކުރާއިރު މި ތަކެތި އުފުލުމުގައި ޢަމަލީގޮތުން ބައިވެރިވެވޭފަދަ ޤާބިލު މީހަކަށްވުން.
  • މެއިންޓެނެންސް މަސައްކަތް އާންމުގޮތުގައި ކުރިއަށްދަނީ ނުރަސްމީ ގަޑިތަކުގައި (މެންދުރުފަހާއި، ރޭގަނޑު) އާއި ބަންދު ދުވަސްތަކުގައި ކަމަށްވާތީ، މި ވަގުތުތަކުގައި މަސައްކަތް ކުރެވޭފަދަ ހީވާގި މީހަކަށްވުން.
  • މެއިންޓެނެންސް މަސައްކަތް ކުރުމުގެ ވައްޓަފާޅި އާއި މަސައްކަތްކުރުވުމުގެ ހުނަރާއި އެކަންކަމަށް ފަންނީ ލަފާދިނުމުގެ ހުނަރު ހުންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މެއިންޓެނެންސް މަސައްކަތާގުޅޭ އެއްޗެހި ހޯދުމާއި، އަގުބެލުމާއި، އެކިތަންތަނަށް ގޮސް ލަފާހޯދުމުގެ ކަންކަމުގައި ރަސްމީ ގަޑިއާއި ނުރަސްމީ ގަޑިތަކުގައި އޮފީހުން ބޭރުގައިވެސް ހަރަކާތްތެރިވެވޭ ފަދަ ޤާބިލް މީހަކަށް ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • މެއިންޓެނެންސް މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން: 
  • ޢިމާރާތާއި ވެހިކަލްތަކާއި، ފަރުނީޗަރާއި މެޝިންތަކުގެ މަރާމާތެއް ހުރިތޯ ދުވަހުން ދުވަހަށް ބަލައި، ކުރަންހުރި މަރާމާތުގެ ލިސްޓް ތައްޔާރުކޮށް ވެރިއަކު ލައްވާ ސޮއިކުރުވައި ވެރިއަކު އަންގަވާ ގޮތެއްގެ މަތިން މިކަން ފުރިހަމަ ކުރުން.
  • ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ފޮޅާ ސާފުކުރުމުގެ މަސައްކަތް ބެލެހެއްޓުން:
  • ފަރުނީޗަރާއި އިމާރާތާއި، ވެހިކަލްތައް ސާފުކުރާނެ އުސޫލެއް ހަމަޖައްސައި، ސާފުކުރުމުގެ މަސައްކަތް ކުރުވުން،
  • އިންވެންޓްރީ، މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް މަޢުލޫމާތު ފުރިހަމަކުރުން:
  • ކޮންމެ ތިންމަހެއް ނިމުމުގެ ކުރިން އިންވެންޓްރީ އަޕްޑޭޓްކޮށް އުނިވި ތަކެއްޗާއި އިތުރުވި ތަކެތީގެ ލިސްޓެއް ނަގައި ވެރިއަކު ލައްވައި ސޮއިކުރުވައި އެކަން ބެލެހެއްޓުން.
  • ރަސްމީ ގަނޑީގައާއި ނުރަސްމީ ގަޑީގައި މެއިންޓެނެންސްގެ މަސައްކަތާ ގުޅޭގޮތުން އެކިތަންތަނަށްގޮސް ލަފާހޯދުމާއި، އަގުބެލުމާއި، ކަނޑައަޅާ ވަގުތުތަކަށް މަސައްކަތް ފުރިހަމަ ކުރުން.
  • ނީލަމަށް ތަކެތި ފޮނުވުމާއި އިންވެންޓްރީން އެތަކެތީގެ ރެކޯޑް ބެލެހެއްޓުން:
  • މަހަކު އެއްފަހަރު ނީލަމަށް ފޮނުވަނެޖެހޭ އެއްޗެއް ހުރިތޯ ބަލައި ނީލަމަށް ފޮނުވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ވެރިއަކު ލައްވައި ސޮއިކުރުވައި ތަކެތި ނީލަމަށް ފޮނުވައި އެތަކެތީގެ ރިޕޯޓް ބެލެހެއްޓުން އަދި ނީލަމަށް ފޮނުވާ ތަކެތި ވީނުވީގޮތެއް ބަލައި ރިކޯޑް ބެލެހެއްޓުން.
  • ޕެޓީކޭޝް ފައިސާއިން ގަންނަން ޖެހޭ ތަކެތި ޑޮކިއުމެންޓްތައް ހަމަކޮށް ގަވާއިދުން އެތަކެތި ސެކްޝަނަށް ހޯދުން: މިގޮތުން ހޯދާ ތަކެތީގެ ބިލްތަކާއި އެންމެހާ ލިޔުންތައް 1 ދުވަސް ތެރޭ ބަޖެޓް ސެކްޝަނާ ޙަވާލުކޮށް ރެކޯޑް ބެލެހެއްޓުން.
  • މެއިންޓަނަންސްގެ ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ބެލެހެއްޓުން.
  • އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް އިންތިޒާމްކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އިންތިޒާމްތައް ރާވާ ބެލެހެއްޓުން.
  • ސެކްޝަންގެ މުވައްޒަފަކު ސަލާމްބުނެ ޗުއްޓީ ނަންގަވައިފިނަމަ އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުމުގައި ސެކްޝަންގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން އެހީތެރިވެދިނުން.
  • މީގެ އިތުރުން ވެސް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ދިމާވާ ޚާއްޞަ ކަންކަމާ ގުޅިގެން އޮފީހުގެ މަސައްކަތެއް ޙަވާލުކޮށްފިނަމަވެރިއަކު އަންގަވާ ގޮތެއްގެ މަތިން އެކަމެއް ކުރުން

މުސާރަ:

-/5610 ރ. (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސްތަކާއި އިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރ (ދެހާސްރުފިޔާ ) އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުން ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ%45 އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާގެ ދެވޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  7. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓު އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އިގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން
  8. ވަޒީފާ އަދާކުރައްވާ ފަރާތެއްކަމުގައިވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  9. ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުތުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހެޅުއްވުން.

ޕޮއިންޓް ދެވޭގޮތް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން %40
  • ލިބިފައިވާ ތަޖުރިބާ
  • ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު ( ޓެސްޓާއެކު ) %40
  • މަސައްކަތުގެ ފެންވަރުބެލުން (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)
  • މުވައްޒަފުގެ ހާޒިރީ (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5
  • މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)%2.5

ނޯޓު: މަތީގައިވާ މަޤާމުތަކަށް އިންޓަރވިއު އާއި ޓެސްޓަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި: 10 ސެޕްޓެންބަރު 2015 ގެ 14.00

ވަޒީފާއަށް އެދި ފުރިހަމަކުރައްވަންޖެހޭ ފޯމު ހައިކޯޓުގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3325029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ