މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީ އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޑޭޓާ އެންޓްރީ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

268711

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި،  ސެކްޝަން

މޮނިޓަރިންގ ޔުނިޓް، އެގްޒެކެޓިވް ސެކްރެޓޭރިއޭޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/4465ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތައްޔާރުކުރެވިފައިވާ ޑޭޓާބޭސް ސިސްޓަމަށް ޕްރޮޖެކްޓާބެހޭ ޑޭޓާތައް އންޓަރ ކުރުން.
  2. ލިބިފައިވާ ޑޭޓާތައް އެންޓަރ ކުރުމުގެ ކުރިން ޗެކްކޮށް މައްސަލަ ހުރިކަން ފާހަގަ ވާނަމަ ސްޕަވައިޒަރ އަށް އެންގުން.
  3. ޑޭޓާ އެންޓަރ ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްފަހު އެކަން ސްޕަވައިޒަރ އަށް އެންގުން.
  4. އެންޓަރ ކުރެވެމުންދާ ޑޭޓާތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
  5. މިހާރު ބޭނުންކުރެވެމުންދާ ޑޭޓާބޭސްތަކާއި ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމްސް މޮޑިފައިކުރުން ނުވަތަ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
  6. މޮޑިފައިކޮށްގެން ނުވަތަ ލީކްވެގެން ގެއްލޭ ކޮމްޕިއުޓަރ ފައިލްތަކުގައިވާ ޑޭޓާތައް ހިމާޔަތްކުރުމަށް ސެކިއުރިޓީގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ސްޕަވައިޒަރ ގެ ލަފާގެ މަތިން އެޅުން.   
  7. ޑޭޓާ ބޭސް ތަރައްޤީކޮށް ކޯޑިނޭޓްކުރުމަށް ޕްރޮޖެކްޓް ޓީމެއްގެ ތެރޭގައި މަސައްކަތްކުރުމާއި، އަދި މީގެ ޕްރޮޖެކްޓް ސްކޯޕް އަދި ލިމިޓޭޝަންސް ބެލުން.
  8. ލޮޖިކަލް އަދި ފިޒިކަލް ޑޭޓާބޭސް ޑިސްކްރިޕްޝަންސްތައް ލިޔުމާއި ކޯޑްކުރުން.
  9. ޑޭޓާބޭސް ބޭނުންކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  10. އާޑޭޓާބޭސްތައް އިންސްޓޯލްކުރުމުގައާއި ކޮމްޕިއުޓަރ ސިސްޓަމްސްތައް އިތުރަށް ރަގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އެޕްރޫވްކުރުން.
  11. ސޮފްޓްވެއަރ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހެދުމާއި، ޑޭޓާތައް ޕްރޮޓެކްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  12. ޑޭޓާބޭސްތައް ބޭނުންކުރާ ފަރާތްތަކުން މިޑޭޓާބޭސްތައް ބޭނުންކުރުމަށް އެކްސެސް ލެވެލް ކަނޑައެޅުން.
  13. ސެކްޝަންތަކުން ވެބްސައިޓުގައި ހިމެނުމަށް ބޭނުންވަނީ ކޮންކޮން އެއްޗެއްސެއްތޯ ބަލާ އެ މަޢުލޫމާތުތައް ވެބްސައިޓުގައި ހިމެނުން.
  14. އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ސީ.ޑީ. ފަރުމާކުރުމާއި ތައްޔާރުކުން.
  15. އަލަށް ހެދޭ އެޕްލިކޭޝަންތައް ބޭނުންކުރުމަށް އޮފީސް މުވައްޒަފުން ތަމްރީނުކުރުން.
  16. އިސްވެދެންނެވުނު ކަންތައްތަކުގެ އިތުރުން އެޕްލިކޭޝަން/ ވެބްސައިޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
  17. ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު – އޮކްޓޫބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ