މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮގްރާމް މޮނިޓަރިންގ އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޕްރޮގްރާމް މޮނިޓަރިންގ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

268710

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

މޮނިޓަރިންގ ޔުނިޓް، އެގްޒެކެޓިވް ސެކްރެޓޭރިއޭޓް ޑިޕާރޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/6295ރ
  • ސަރވިސް އެލަވަންސް: -/2000ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދައުލަތުގެ ބަޖެޓުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި ބޭރުގެ އެހީގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީއަށް ހިންގާ ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ މައުލޫމާތުތައް ހޯދާ ޗެކްކޮށް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ޑޭޓާބޭސް އަށް އަޕްޑޭޓްކުރުން
  2. ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލުމަށް ތައްޔާރުކުރާ ޑޭޓާބޭސް ސިސްޓަމްގައި ރައްކާކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ސީނިއަރ މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން 
  3. ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް މޮނިޓަރކުރުމަށް ބޭނުންކުރާ ޑޭޓާބޭސް ސިސްޓަމްގެ ސޮފްޓްވެއަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ސޮފްޓްވެއަރ އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ކުރުމަށް އިންތިޒާމް ހަމަޖެއްސުން. 
  4. މަޝްރޫއުތައް ކުރިއަށް ދާމިންވަރު ބަލާ ވަޒަންކުރުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބައިވެރިވުމާއި ޕްރޮގްރާމް ތަކާއި ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމަށް އެއްކުރާ ޑޭޓާ ބެލެހެއްޓުން 
  5. ރާއްޖޭގެ އެކިކަންކޮޅުގައި ހިންގަމުންދާ މަޝްރޫޢުތައް ބެލުމަށް ސައިޓްތަކަށް ޒިޔާރަތްކޮށް އިވެލުއޭޝަން ހެދުން
  6. މަޝްރޫއުތައް އެކުލަވާލުމުގައި ބައިވެރިވެ ކަނޑައެޅޭ މަސައްކަތްތައް ކުރުން. އަދި މަޝްރުއުތަކުގައި ބައިވެރިވާ ފަރާތްތައް (ސްޓޭކް ހޯލްޑަރސް) އާއެކު ބައްދަލުވުންތައް ބާއްވާ ޕްރޮގްރާމްގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުން
  7. ސެކްޝަނުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ބާއްވާ ވާކްޝޮޕް/ސެމިނަރ/ތަމްރީނު ޕްރޮގްރާމް ފަދަ ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރުމާއި އެފަދަ ޖަލްސާތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު - އޮކްޓޫބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ