މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ކޮލިޓީ އޮޑިޓިންގ އޮފިސަރ  

ބޭނުންވާ އަދަދު:

2

މުސާރަ:

މަހަކު -/6295ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ކޮލިޓީ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް. 2

މަޤާމުގެ ޝަރުޠު

  • އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/  ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަނޭޖްމަންޓް ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފަތުރުވެރިން ބައިތިއްބާ ރިޒޯޓް، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާ ބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުން ލިބިދޭ ޙިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލާ އިންސްޕެކްޓްކޮށް ރިޕޯޓު ތައްޔާރު ކުރުން.
  • މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަތުރުވެރިން ބައިތިއްބާ ރިސޯޓް، ހޮޓެލް، ގެސްޓް ހައުސް، ފީނުމުގެ ޚިދުމަތްދޭ މަރުކަޒު، އުޅަނދުފަހަރު އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުހުރީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން.
  • މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ޕްރޮވިންސްތަކުގައި މިދާއިރާގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  • ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފަޔަރ އެންޑް ސޭފްޓީގެ ތަމްރީންތަކާއި ޑްރިލްތަކާބެހޭ ގޮތުން ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  • އިންޑަސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވުމާއިއެކު ކުރިން ހެދިފައިހުރި ފެންވަރާއިބެހޭ ގަވާއިދުތައް އިސްލާޙުކުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކޮލިޓީ އެޝުއަރެންސ ޔުނިޓްގެ ލިޔެކިއުންތައް ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން.
  • ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތާއި ތަނުގެ ފެންވަރު ކަނޑައެޅުމާބެހޭ ގޮތުން ތައްޔާރުކުރަން ޖެހޭ ގަވާއިދުތައް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ސްޓޭންޑަރޑްސްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ދިރާސާ ކުރުން.

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

މަޤާމު:

ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5610ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޕްލޭނިންގ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

މަޤާމުގެ ޝަރުޠު:

  • ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ އާރބަން ޕްލޭނިންގ/ ޕިޒިކަލް ޕޮލޤނިންގް/ ސިވިލްއިންޖްނީރިންގ ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ އާރބަން ޕްލޭނިންގ/ ޕިޒިކަލް ޕޮލޤނިންގް/ ސިވިލްއިންޖްނީރިންގ ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ އާރބަން ޕްލޭނިންގ/ ޕިޒިކަލް ޕޮލޤނިންގް/ ސިވިލްއިންޖްނީރިންގ ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔޫއެންޑަބްލިއުޓީއޯ އާއި ސާރކްފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ތަކުން ހިންގޭ އެކިއެކި ހަރަކާތްތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކުރުމަށް ހަމަޖެހޭ މަސައްކަތްތަކުގައި އިދާރީގޮތުން އެހީވެދިނުން
  • ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީ ކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، މިގޮތުން ހިންގޭ ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ތައްޔާރުކުރުމުގައި އިދާރީގޮތުން އެހީވެދިނުން
  • ޓޫރިޒަމް ދާއިރާއާއި ގުޅޭ އެކިއެކި ސެމިނާ، ވާރކްޝޮޕް އަދި ކޮންފަރަންސްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މިފަދަ ބައްދަލުވުންތަކުން ނިންމޭ ނިންމުންތަކަށް ޢަމަލީ ސިފަ ގެނައުމާ ބެހޭ އިދާރީ މަސައްކަތްތައް ކުރުން
  • ސެކްޝަންގެ އިންވެންޓްރީ ބެލެހެއްޓުމާއި އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް އިދާރީ މަސައްކަތް ކުރުމަށް އެހީތެރިވެދިނުން.
  • ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން އަދި ރިވިއު ރިޕޯޓު ފޮނުވުމަށް އެހީވެދިނުން
  • ސެކްޝަންގެ އެހެން މުވައްޒިފަކު ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނައިރު އެމުވައްޒިފެއްގެ ދުވަހުން ދުވަހަށް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތައް ފުރިހަމަކޮށްދިނުން.
  • ޕްލޭނިންގ ސެކްޝަންއަށް ބޭނުންވާ، މިމިނިސްޓްރީގެ ހަވާލުގެ ދަށުގައިވާ ރަށްރަށްތަކާ ބެހޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  • ސެކްޝަނުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކުރަން އެންގުން އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައި ވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

މަޤާމު:

އެންވަޔަރަމެންޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5610ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

މަޤާމުގެ ޝަރުޠު:

  • ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާހުއްދަތައް ދޫކުރުމައި މިކަމާ ގުޅޭކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދިނުން
  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤިގެ މަޝްރޫއުތަކައި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކާއި ބެހޭ ރިކޯޑް ބެލެހެއްޓުން
  • ޓުރިސްޓް ރިޒޯޓުތަކުގައި އެކިއެކި ތިމާވެއްޓާ ގުޅޭ ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ފެންވަރަށް އަދި ކަމާގުޅުންހުރި ގަވާއިދުތަކުގައިވާ ގޮތައްތޯ ބެލުން (މިސާލު: ތޮށިލުން، ނެރުފުން ކުރުން، ބިންހިއްކުން، ކުނި އުކާލުން)
  • ސެކްޝަނަށްއަންނަ ސިޓީތަކަށް ވެރިއެއްގެ އިރުސާދުގެ ދަށުން ޖަވާބުދީ އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން
  • ތިމާވެއްޓާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ ފަރާތްތަކުން އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގަރާމްތަކާއި ވޯކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާއިބެހޭ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވެ އެހީތެރިވެދިނުން
  • ޑިވެލޮޕްމެންޓާއިބެހޭ ގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައްރާވާ އިންސްޕެކްޝަންތައްކުރުން އަދި ރިޕޯޓު ތައްޔާރުކުރުން
  • ރިޒޯޓްތަކުގެ ލޭންޑް އޭރިއާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން
  • ރިޒޯޓްތަކުގެ ތިމާވެއްޓާ ބެހޭ ދިރާސާތައް ބަލަހައްޓަވާ އެކަމާއިބެހޭ ސާރވޭތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޑޭޓާ އެންޓްރީ ނުވަތަ ތަފާސް ހިސާބު ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން މޭ 2016ގެ ނިޔަލަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެންހުންނާނެ)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 10 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

01 ސެޕްޓެންބަރު 2015
ހޯދާ