ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

އިޢުލާން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން މިއަތޮޅުގައި ސެޓްފިކެޓް 3 އިން އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޯހާ ގުޅޭ މަޢުލޫމާތު

ކޯހުގެ ނަން

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު

15 ހަފުތާ

ކިޔެވުންފެށޭ ތާރީޚު

01 އޮކްޓޫބަރު 2015 (ބުރާސްފަތި)

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާ ތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު

ބައިވެރިވުމުގެ ޝަރުޠު

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖެގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ އުމުރުން 18 އަހަރުފުރި، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކޯސް ބާއްވާތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

އެޕްލިކޭޝަން ފޯމް ލިބެންހުންނާނީ

ހއ.އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކުންނާއި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން އަދި، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ

ހުށަހަޅަންވީ ތާރީޚް

15 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެއިދާރާއަށް

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ
  • އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތު ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާ މެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/2500 ރުފިޔާ (އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ)

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލްސަރވިސް ޓްރެއިނނިންގ އިންސްޓިޓިއުޓްއިން

ވީމާ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ