އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ދެއްވުމަށްޓަކައި، ޤާނޫނީ އެހީތެރިކަމަށް އެދި މިއޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ލީގަލް އެއިޑް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ލޯފާމެއް ހޯދުމަށް މިއޮފީހަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތާ ޙަވާލުވެ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެނިޔަލަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ