މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް ހޮސްޕިޓަލް އަދި އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ރަށް / އޮފީސް

ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕަބްލިކް ހެލްތްގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  5. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ރަށް/ އޮފީސް

ޅ. އަތޮޅު ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް،

ވ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕްބްލިކް ހެލްތްގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގައި ނުހިނގައިގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014439 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިނިސްޓްރީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

31 އޮގަސްޓް 2015
ހޯދާ