މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އަސިކުޑާ ވޯލްޑް ޕުރޮޖެކްޓަށް ބޭނުންވާ ސޮފްޓުވެއަރ އާއި ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 ޕުރޮޖެކްޓު ނަންބަރު: TES/2015/G-012

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަސިކުޑާ ވޯލްޑު ޕުރޮޖެކްޓަށް ބޭނުންވާ ސޮފްޓުވެއަރ އާއި ހާޑްވެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-K1/13/2015/224) ގެ އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި މަސައްކަތް ތަކަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ 4 ލޮޓަކަށް ބަހައިލައިގެންނެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހަޅާއިރު ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

   ލޮޓު 1- ސެކިއުރިޓީ އެންޑް ނެޓްވޯކިން

   ލޮޓް 2- ސައިޓް ޓު ސައިޓް ކަނެކްޓިވިޓީ އަޕްގްރޭޑް

   ލޮޓް 3- ޑޭޓާ ސެންޓަރ މެއިންޓަނެންސް އެންޑް އަޕްގްރޭޑް ވޯކްސް

   ލޮޓް 4- މައިކްރޯސޮފްޓު ވިންޑޯސް ސާރވާ ލައިސެންސް

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 31 އޮގަސްޓު 2015 އިން 9 ސެޕްޓެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓުކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 10 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 1400ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

5. ޕުރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30،000 (ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުންފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

6. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 ސެޕްޓެންބަރު 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ޓެންޑަރ އިވެލުއޭޝަން ސެކްޝަން/ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

      އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

      ފޯނު:  3349102، 3349106

      ފެކްސް: 3320706، 3324432                                                                          

      އީމެއިލް: [email protected] / [email protected]

27 އޮގަސްޓް 2015
ހޯދާ