އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1

ރޭންކް: އެމްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަޤާމު އޮތް އޮފީސް

އިހަވަންދޫ ސިއްޙީ މަރުކަޒު

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

އިހަވަންދޫ ޞިއްޙީމަރުކަޒު/ ހއ އިހަވަންދޫ

ޑިވިޜަން / ސެކްޝަން: ބަޖެޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މުވައްޒަފުންގެ މުސާރައާއި އުޖޫރައާއި އެލަވަންސް އަދި ކޮއްތު ފައިސާފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ގަވާއިދުން ދިނުން
  • ފައިސާއާ ބެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ފޮނުވުން އަދި ފައލްކުރުން
  • ފައިސާ ދައްކަންޖެހޭ ބިލްތައް ޗެކްކޮށް ފައިސާ ޚަރަދުކުރަންޖެހޭ އައިޓަމް ކޯޑު ނަންބަރު ޖެހުން އަދި ބިލަށްް ފައިސާ ދިނުމުގެ ކުރިން ޚިދުމަތެއް ނުވަތަ އެއްޗެއް ހޯދަން އެދުނު ފަރާތަކުން އެޚިދުމަތަކާ ނުވަތަ އެއްޗަކާ ހަވާލުވެފައިވޭތޯ ބެލުން 
  • ތިޖޫރީ ފޮތް ތައްޔާރުކޮށް، ތިޖޫރީގައި ބަހައްޓާ ފައިސާއާއި ނަގާ ފައިސާގެ ހިސާބު ބެލެހެއްޓުން.
  • ފައިސާ ހަވާލުކުރުމުން ޕޭމަންޓް ވައުޗަރ ހެދުން

ތަޢުލީމާއި ތަޖުރިބާ

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިން، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިން، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިން، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިން، އެކައުންޓިންގ އެންޑްބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 4ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • މަސައްކަތުގެ ހުނަރާއިފެންވަރާއި، ޤާބިލުކަމާއި ސިފަތަށް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރަށް ބަލައިގެން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) އަދި މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ސުންގަޑި

09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ހއ.އިހަވަންދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚު

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައި.

އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މަރުކަޒުގެ ނަންބަރު: 6500501 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

31 އޮގަސްޓް 2015
ހޯދާ