އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމު އޮތް އޮފީސް

އިހަވަންދޫ ޞިއްޙީ މަރުކަޒު

ޑިވިޝަން / ސެކްޝަން : ނާރސިންގ

އާންމުކޮށް މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް

އިހަވަންދޫ ޞިއްޙީމަރުކަޒު / ހއ އިހަވަންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ އިމާރާތާއި ފަރުނީޗަރު އަދި ހިފާ ގެންގުޅޭ ތަކެތި (އިކްއިޕްމަންޓްސް) ފަރުވާތެރިކަމާއެކު ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުންނަށް އެހީތެރިވުން.
  • މަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލުން/ އުކާލުން.
  • ޑިއުޓީގައި ހުންނައިރު ހަޑިވާ ބެޑްޝީޓްފަދަ ތަކެތި ޑިއުޓީ ނިމުމުގެ ކުރިން ދޮވެ އިސްތިރިކޮށްފައި ބެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއެކު، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާތަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލުޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ހއ.އިހަވަންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚު

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައި.

އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މަރުކަޒުގެ ނަންބަރު: 6500501 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

31 އޮގަސްޓް 2015
ހޯދާ