އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓަންޓް

މި މަރުކަޒަށް ލޯންޑްރީ އެސިސްޓެންޓެއްގެ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމު އޮތް އޮފީސް

އިހަވަންދޫ ޞިއްޙީ މަރުކަޒު

ޑިވިޝަން / ސެކްޝަން / ނާރސިން

އާންމުކޮށް މަސައްކަތް ކުރަންޖެހޭތަނާއި ރަށް

އިހަވަންދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ އެނދުތަކުގައި އެޅުމަށް ބޭނުންކުރާ ބެޑްޝީޓް، ބާލީސް، އުރަ ރަބަރު ފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ އިސްތިރިކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  • މަރުކަޒުގެ ކުޑަދޮރުގައި ދަމާފައިހުންނަ ދޮރުފޮއްޗާއި މޭޒުފޮތި މަހަކު ދެފަހަރު ދޮވެ ސާފުކުރުން.
  • މަރުކަޒުގެ ހިފާގެންގުޅޭ ތަކެއްޗާއި ތުވާލި ފަދަ ތަކެތި ދޮވެސާފުކޮށް ބެލެހެއްޓުން.
  • ދޮންނަން ބޭނުންކުރާ މެޝިނަރީސް އާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދޮވުމަށް ބޭނުންކުރާ ސަރަޙައްދު އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން.

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެގުމާއެކު، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާތަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) އަދި މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ހއ.އިހަވަންދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚު

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައި.

އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މަރުކަޒުގެ ނަންބަރު: 6500501 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

31 އޮގަސްޓް 2015
ހޯދާ