އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 (ޖީ.އެސް 4)

ބޭނުންވާ އަދަދު:

1

މުސާރަ:

-/5,020 (ފަސްހާސް ވިހި) ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް

އަސާސީ މުސާރައިގެ %35

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ މާލެ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  1. އޮފީހުގެ ރިސެޕްޝަނަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް އެންޓްރީކުރުމާއި ސްކޭންކުރުން އަދި ސެކްޝަންތަކަށް ހަވާލުކުރުން.
  2. އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  3. ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ފަރާތްތަކަށް ފޮނުވުން.
  4. ސެކްޝަނަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި އެންޓްރީކުރުން.
  5. ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  6. އޮފީހުގެ އަހަރު ރިޕޯޓަށް ސެކްޝަނުން ބޭނުންވާ މައްސަލަ ތަކުގެ ސްޓޭޓަސްގެ ތަފުސީލު ރިކޯޑް ބެލެހެއްޓުން.
  7. ޤާނޫނުއަސާސީގެ އިނގިރޭސި ތަރުޖަމާއާއި، ދިވެހިތަރުޖަމާ ވިއްކުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  8. އޮފީހުގެ މީޓިންގތައް ބޭއްވުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.
  9. ލީގަލް އެއިޑްގެ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  10. ޤާނޫނީ ވަކީލުން ހުވާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  11. އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާ/ ވަރކްޝޮޕްގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  12. ސްޓޮކް/ އިންވެންޓްރީގެ މަސައްކަތްތައްކުރުން.
  13. ޕްރޮކިއުމަންޓް/ މެއިންޓެނަންސް އާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.
  14. ބިއުރޯގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  15. އޮފީސް ޑިއުޓީއާއި އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
  16. ނުރަސްމީ ގަޑީގައި އަދި ބަންދު ދުވަސްތަކުގައި، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.
  17. މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން؛
  • މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން؛
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ؛
  3. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  7. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

11 ޛުލްޤަޢިދާ 1436

26 އޮގަސްޓް 2015
ހޯދާ