މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންފްލުއެންޒާ އޮފިސަރ

ސީޑީސީ އިންފްލުއެންޒާ ގްރާންޓުގެ ދަށުން މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޕްރޮޖެކްޓް އިންފްލުއެންޒާ އޮފިސަރ

މީހުން ބޭނުންވާ އަދަދު

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު

01 އަހަރު

ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް 03 އަހަރު ދުވަހަށް އިތުރުކުރެވޭނެއެވެ.

މުސާރަ

މަހަކު -/10,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ޑިޕްލޮމާ އިން ޕްރައިމެރީ ހެލްތު ކެއަރ ކޯސް ފުރިހަމަ ކުރައްވާފައިވުން. ނުވަތަ،
  2. ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް 'ހިސާބު' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  3. މައިކްރޮސޮފްޓް އޮފީސް (ވާރޑް، އެކްސެލް) އިން ފަރިތަކަމާއެކު މަސައްކަތްކުރަން ދަތުން.

ނޯޓް: މައިކްރޮސޮފްޓް އޮފީސް އެކްސެސް ބޭނުންކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާގެ ސާރވެލެންސް މަސައްކަތްކުރުމާއި އިންފުލުއެންޒާއާ ގުޅޭ ޑޭޓާ އެއްކޮށް، އެންޓްރީކޮށް، އެނަލެސިސް ހެދުމާއި އަދި މި ޕްރޮޖެކްޓްގެ ދަށުން ހިންގާ ޓްރެއިނިންގ އަދި ވާރކްޝޮޕްތައް ރާވައި ހިންގުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރީކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014325 އެވެ.

27 އޮގަސްޓް 2015
ހޯދާ