މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހިންގޭ ބައިސްކަލް ދުއްވާލުމަށް ލުއި ކާނާ ހަމަޖެއްސުން

 

 2015ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހިންގޭ ބައިސްކަލް ދުއްވާލުމަށް ލުއި ކާނާ ހަމަޖެއްސުން

މިނިސްޓްރީ އޮފް ޓޫރިޒަމް ޢާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިޔަށްގެންދާ މަޝްރޫޢު، ޓޫރިޒަމް އެޑެޕްޓޭޝަން ޕުރޮޖެކްޓުން އިންތިޒާމުކޮށްގެން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ވަނީ މާލޭގައި ބައިސްކަލް ދުއްވާލުމުގެ ހަވީރެއް، 12 ސެޕްޓެންބަރު 2015 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިންތިޒާމު ކުރެވިފައެވެ. މިހަރަކާތް ބޭއްވުމުގެ މަޤްޞަދަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އެކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ހަރަކާތުގެ ބައިވެރިންނަށް ލުއިކާނާ ފޯރުކޮށްދިނުމަށް ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޯށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް ކޯޓޭޝަން ހުށަހެޅުމަށް އެދި ދެންނެވީމެވެ. ލުއިކާނާގެ ގޮތުގައި ތިރީގައި ބަޔާންވެފައިވާ ގޮތުގެމައްޗަށް ބިނާކޮށް ކޯޓޭޝަން ހުށަހަޅައިދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ 500 މީހުންނަށް އަންދާޒާ ކޮށްފައެވެ.

  • ކޮންމެ ބައިވެރިއަކަށް ޖޫސްޕެކެޓަކާއި މޭވާއެއް
  • ކޮންމެ ބައިވެރިއަކަށް ކުރުނބައެއް، ކަނޑާފައި އަދި ހޮޅިއާއެކު.                        

މި މަސައްކަތާގުޅޭ އިތުރު މައުލޫމާތެއް ބޭނުންވާނަމަ 3022272 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

ކޯޓޭޝަން ހުށަހަޅާނީ :

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ، 5ވަނަ ފަންގިފިލާ

އަމީރު އަހުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3022273 ،ފެކްސް 2512 332

-މެއިލް:[email protected]

ވެބްސައިޓް:www.tourism.gov.mv

31 އޮގަސްޓް 2015
ހޯދާ