އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސީނިއަރ ސުޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް ސެކްޝަން

އެސްޓޭޓް އެންޑް ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް، ޓްރާންސްޕޯޓް ޔުނިޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓްރާންސްޕޯޓް ސާރވިސަސް ޔުނިޓް ހިންގަވަން އެއިރެއްގައި ހުންނަވާ ވެރިޔެއްގެ ލަފަޔާއި މަޝްވަރާގެމަތިން ދުއްވާއެއްޗެހި މަރާމާތު، މަސައްކަތްކުރާ ފަރާތްތައްލައްވާ ކުރުވުމާއި، އެމަސައްކަތް ކުރަމުންދާގޮތް ބެލުމާއި،ވެހިކަލްތަކުގެ ޚިދުމަތް މެދުނުކެޑި ލިބޭނެގޮތްތައް ރާވައި ސްޕަވައިޒްކޮށް ބެލެހެއްޓުން. 
  2. ވެހިކަލްތަކަށް ބޭނުންވާތެޔޮ ޚިދުމަތްދިނުމަށް ދަތި ނުވާނެހެން ހުރިތޯ ބަލައި ޗެކްކޮށް ތެޔޮނޯޓް ހޯދުމަށް މަސައްކަތް ކުރުމާއި ތެޔޮއެޅުމަށްފަހު ޑެލިވަރީނޯޓްތައް ދުވަހުންދުވަހަށް ފޮތުގައިލިޔެ ކަމާބެހޭ ފަރާތަށް ފޮނުވުން.
  3. ޑިއުޓީއަށް މުވައްޒަފުން މަދުވެއްޖެ ޙާލަތުގައި ސެކްޝަނުގެ އިންޗާޖުގެ ލަފަޔާއެކު މުވައްޒަފުން ނެރުމާއި ހަމަޖެހިފައިވާ ގަވާއިދެއްގެ މަތިން އިތުރުގަޑި ލިޔާފޮތުގައިލިޔެ ހުއްދަހޯދުން.
  4. އެމްބިއުލާންސްތަކުގައި ކުއްލިޙާލަތުގައި ބޭނުންކުރެވޭގޮތަށް އޮކްސިޖަންހުރިތޯ ބަލައި ޗެކްކޮށް ހޯދުމަށް މަސައްކަތްކުރުން.
  5. ކޮންމެ ޝިފްޓެއްގެ ޑިއުޓީ ނިމުމުގެ ބައިގަޑިއިރުކުރިން ނިމޭޑިޓީގެ މުވައްޒަފުންލައްވާ ވެހިކަލްތައް ފޮޅައި، ފޮހެ ސާފުކުރުވުން.
  6. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ރެކޯޑްކޮށް ބަލަހައްޓައި، ދިމާވާ މައްސަލަތައް އިންޗާޖަށް އަންގައި، އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.
  7. ވެހިކަލްތައްކުރާ ދަތުރުތަކުގެ ރެކޯޑް ވަގުތުން ވަގުތަށް ލިޔެ ބެލެހެއްޓުން.
  8. ދުވަހު ރެކޯޑާއި، މައިލޭޖް ރިޕޯޓު އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް އިންޗާޖަށް އެހީތެރިވެދިނުން.
  9. ސެކްޝަނުގެ ލިޔެކިޔުމާއި ވެހިކަލްތަކަށް ބޭނުންވާ އޮކްސިޖަނާއި ވެހިކަލް ސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެންތަކެތި ހޯއްދަވައި ސެކްޝަނުގައި ބެހެއްޓުން.
  10. އިމަރޖެންސީ ޙާލަތެއް މެދުވެރިވެގެން ހޮސްޕިޓަލް ކުއްލި ޙާލަތަށް އަންނަހިނދު ޓްރާންސްޕޯޓް ޔުނިޓްގެ ހުރިހާ މުވައްޒަފުން ނެރެ އެމަސައްކަތުގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

ތަޢުލީމާއި ތަޖުރިބާ:

 

 

 

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަގާމަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް، ފޮރިން ރެކްރޫޓްމަންޓް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެކި އެކި ފަރާތްތަކަށް ހޮސްޕިޓަލުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުން
  • ހޮސްޕިޓަލް އެތެރޭގެ ސެކްޝަންތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި ލިޔެކިޔުންތައް ހަވާލުކުރުން.
  • ބިދޭސީ މުވައްޒަފުންގެ މެޑިކަލް ހެއްދުމުގައި އެހީތެރިވެދިނުން
  • އިމިގްރޭޝަނުން ނިންމަން ޖެހޭ ބިދޭސީ މުވައްޒަފުންގެ އެކިއެކި ކަންކަމުގައި އެހީތެރިވެދީ ހެދުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. މަސައްކަތު މީހެއް ނުވަތަ އޮފީސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތުމީހެއް ނުވަތަ އޮފީސް އެސިސްޓެންޓެއް ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މިމަޤާމަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައްް

 

1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

4. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެއެވެ.

   ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ވަނަވަރުގައި ގުޅޭނެ ފޯންނަންބަރު އޮންނަށް ވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

08 ސެޕްޓެންބަރު 2015 ވާ އަންގާރަަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 08 ސެޕްޓެންބަރު 2015 އަންގާރަ ދުވަހުގެ 14:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުން ފެށިގެން ބަންދުނުން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު ފަހުގެ 14:30އަށް

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ. ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

26 އޮގަސްޓް 2015
ހޯދާ