މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ މާލެ

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މަރުކަޒުން ހިންގޭ ކޯސްތަކުގެ ސެޓުފިކެޓު ބެލެހެއްޓުމާއި ޑޭޓާ ބޭސް އަޕްޑޭޓްކުރުމުގައި އެހީތެރިވެދިނުން.
  • މަރުކަޒުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • މަރުކަޒުން ހިންގޭ ކޯސްތަކުގެ އިޝްތިހާރުހެދުމާއި އެހެނިހެން ގްރެފިކްސް މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.
  • އިންސްޓިޓިއުޓުން ހިންގަން ބޭނުންވާ ކޯސްތައް އެކްރެޑިޓްކުރުމަށް އެހީތެރިވެދިނުން.
  • ހިންގަން ބޭނުންވާ ޙަރަކާތްތަކާއި ބެހޭ އަހަރީ ވޯރކްޕްލޭން ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުމާއި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަން ހޯދާ އެކަންކަން ވިލަރެސް ކުރުން.
  • ހިންގާ ޕްރޮގްރާމްތައް ރޭވުމާއި، ޕްރޮގްރާމް ހިންގުމަށް ފެސިލިޓޭޓަރުން ހޯދުމާއި ރާވާފައިފާ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްދޭތޯ ވިލަރެސްކުރުން.
  • ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ކުރުން.
  • ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެ ޙަރަކާތެއް ނިމޭތާ ގިނަވެގެން 1 ހަފުތާ ތެރޭގައި މަސައްކަތް ސްޕުވައިޒްކުރާ ފަރާތަށް ހުށަހަޅައި ގެންނަން ފެންނަ އިިޞްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެމަތިން ގެނައުން.
  • ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްޕަވައިޒަރާއި ހިއްސާކުރުން.
  • ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން/ފެސިލިޓޭޓަރުން އެގްރިމެންޓްގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް އޮންނަ އުުސޫލުގެ މަތިން ކުރިއަށް ގެންދިއުން.
  • ހަވާލުވެފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ފައިލް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު ފެންނާނެގޮތުގެ ނިޒާމެއް ޤާއިމުކޮށް ބަލަހައްޓާނެ އިންތިޒާމް ހަމަޖެއްސުން.
  • ޕްރޮގްރާމް ފެށުމުގެ ކުރިން، އެޕްރޮގްރާމެއް ހިންގުމަށްޓަކައި ފޮނުވަންޖެހޭ ހުރިހާާ ރަސްމީ ލިޔެކިޔުމެއް މަދުވެގެން 2 ހަފުތާކުރިން ކަމާބެހޭ ފަރާތްތަކަށް ފޮނުވައި މަޢުލޫމާތު ހިއްސާކުރުން.
  • އިންސްޓްރަކްޓަރުންނަށް ގަވާއިދުން ކޯސް ރަޖިސްޓްރީ އަދި ދަރިވަރުންގެ ރިކޯޑް ލިބޭނޭ ގޮތް ހަމަޖެއްސުމާއި ދަރިވަރުންނާއި އިންސްޓަރަކްޓަރުންގެ ރިކޯޑް ފައިލް ބެލެހެއްޓުން.
  • ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ ބެލެހެއްޓުން.
  • ޤަވާއިދުން ހާޒިރުނުވާ ދަރިވަރުންގެ ރިކޯޑްތައް ބަލައި، ހާޒިރުނުވާ ދަރިވަރުންނަށް އެކަން އެންގުން.
  • ދަރިވަރުންނަށް ކޯހުގެ އެސެސްމަންޓްތަކާއި، މޮޑިއުލްސް ބަރާބަރަށް ހަވާލުކުރުން.
  • ދަރިވަރުންނަށް ލިބޭ ކުރިއެރުން ފާހަގަކޮށް، އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  • ދަރިވަރުންގެ އަޚުލާޤާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ދަރިވަރުންނާ ބައްދަލުކޮށް އެކުދިންނަށް ދިިމާވާ މައްސަލަތައް އިސްވެރިއެއްގެ އިރުޝާދާއެކު ޙައްލުކުރުމާއި ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިއުކުރުން.
  • ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން ޑިއުޓީއަށް ނުކުތުމުން.
  • އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް އިންތިޒާމު ކުރެވިފައި އޮންނަ އުސޫލެއްގެ މަތިން ކުރުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމްގައެވެ.

މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 ސެޕްޓެންބަރު 8 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ