މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ކޮމަރޝަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކޮމަރޝަލް އެންޑް މާކެޓިންގ

ޝަރުޠު:

  • ބިޒިނަސް، ކޮމާރސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ބިޒިނަސް މެނޭޖްމަންޓް، ކޮމާރސް މެނޭޖްމަންޓް، މާކެޓިންގ، ނުވަތަ ހޮސްޕިޓާލިޓީގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 1.5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޭލެވެލް ނިންމުމަށްފަހު 3 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/12،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  •  ބޭނުންވާ ޑޭޓާ ނުވަތަ މަޢުލޫމާތު ހޯދުމާއި، އެއަރލައިން މާރކެޓްކުރުމާއި ރޫޓް ތަރައްޤީކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ޕްރޮޑަކްޓްތަކާއި ދެވޭ ޚިދުމަތްތަކުގެ މާކެޓް ރިކުއަރމަންޓް ހޯދުމަށްޓަކައި މާކެޓް ރިސާރޗް ހެދުން.
  • ޕްރޮޑަކްޓްތަކާއި ދެވޭ ޚިދުމަތްތަކަށް ބޭނުންވާ މާކެޓް ޕްލޭން ޤާއިމުކޮށް، ޕްރޮޖެކްޓްތައް ހިންގުން.
  • ވާދަކުރާ ފަރާތްތަކާއި، ކަސްޓަމަރ ރީސަރޗް އަދި މާކެޓްގެ ޙާލަތް ދެނެގަތުމަށްޓަކައި އެނެލެސިސް ހެދުން.
  • ކޮމަރޝަލް އަދި މާކެޓިންގެ ދަށުން ހިންގޭ ހަރަކާތްތަކާއި އޭގެ ނަތީޖާއާ ބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  • އިޝްތިހާރު ތައްޔާރުކުރުމާއި، މީޑިއާ އަދި ލިޓަރޭޓް ޑިވެލޮޕްމަންޓް ރިލީސްތައް ތައްޔާރުކުރުން.

މަޤާމު: އެސިސްޓެންޓް ގެސްޓް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ވީ.އައި.ޕީ ލައުންޖް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާ އިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ އިމްތިޙާންގައި ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
  • ހޮޓެލް ނުވަތަ ރިސޯޓްގެ ފްރޮންޓްލައިންގައި ނުވަތަ އެފް.އެންޑް.ބީ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ލައުންޖަށް އަންނަ ޕަސެންޖަރުންނަށް މަރުޙަބާ ކިޔައި، ލަގޭޖް އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އެހީތެރިވުން.
  • ބިޒިނަސް ކްލާހުގެ ޕަސެންޖަރުންނަށް ލައުންޖުގެ ފަރާތުން ބޭނުންވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދީ، ކާތަކެތި ސަރވްކޮށް، މޭޒުމަތި ހުސްކޮށް، ގެންގުޅޭ އޫ އަދި ސަމުސާ ފަދަ ތަކެތި ދޮވެ ސާފުކުރުން.
  • ބުފޭ ކައުންޓަރ ތައްޔާރުކުރުމުގައި އެހީތެރިވެ، މަދުވާ ތަކެތި ކައުންޓަރަށް ނެރެ އެތުރުން.
  • ބަދިގޭގައި ހިފައި ގެންގުޅޭ އެންމެހައި ތަކެތި ސާފުކުރުން.
  • މުހިންމު ރިކޯޑުތައް ބެލެހެއްޓުމާއި، އެއަރލައިންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • މުޅި ލައުންޖުގެ އެކި ސަރަޙައްދުތައް ޗެކްކޮށް، ސާފުތާހިރުކަން ބެލެހެއްޓުން.

މަޤާމު: ހައުސްކީޕަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ވީ.އައި.ޕީ ލައުންޖް

ޝަރުޠު 

  • ލިޔަންކިޔަން އެނގުން ނުވަތަ ގްރޭޑް 7ގެ ފެންވަރު ހުރުން.
  • އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
  • ހޮޓެލް ނުވަތަ ރިސޯޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި އިނާޔަތްތައް: މަހަކު -/9،000 އާއި -/10،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މުޅި ލައުންޖް ސާފުތާހިރުކޮށް ބެލެހެއްޓުން، ލައުންޖުގެ ފާޚާނާތަކާއި ޝަވަރރޫމްތައް ސާފުކޮށް ބެލެހެއްޓުން.
  • ލައުންޖްގެ އެންމެހާ ކާޕެޓްތައް ވެކިއުމްކުރުމާއި، ލަައުންޖްގެ މޮޕްލައި އެންމެހާ އޭރިޔާތަކުގައި މޮޕްލައި ސާފުކުރުން.
  • މުދާ އެރުވުމާއި ބޭލުމުގަޔާއި، އަދި އެހެނިހެން މަސައްކަތްތަކުގައި ސްޓޯކީޕަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ލައުންޖުގައި ބޭނުންކުރެވޭ ތަށި، އޫ ސަމުސާ ދަފަ އެންމެހައި ތަކެތި ދޮވެ ސާފުކުރުން.
  • ކުނި އުކާލުމާއި، ގޮނޑިތަކާއި، ފަރުދާތައް (ބްލައިންޑްތައް) އަދި ފާޚާނާގެ އެގްސޯސްޓް ފޮޅައި ސާފުކުރުމާއި މޭޒުތައް ފޮހެ ސާފުކުރުން.

ނޯޓް: ހަވީރުގައި ޝާޢިއު ކުރެވިފައިވާ އިޢުލާން ނަންބަރު  A30/IL/2015/54-ފ116 ގައިވާ މިމާޤާމުގެ (ހައުސްކީޕަރ) މުސާރަ އެއީ މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު ކަމަށް ލިޔެވިފައި އެވަނީ އޮޅުމަކުންނެވެ. ރަނގަޅު މުސާރައަކީ މަހަކު -/9،000 އާއި -/10،000 ރުފިޔާއާ ދެމެދެވެ.

މަޤާމު: ކިޗަން ހެލްޕަރ

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ވީ.އައި.ޕީ ލައުންޖް

ޝަރުޠު:

  • ލިޔަންކިޔަން އެނގުން ނުވަތަ ގްރޭޑް 7ގެ ފެންވަރު ހުރުން.
  • އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
  • ކިޗަން އޮޕަރޭޝަންސް/ ރެސްޓޯރަންޓް ފަދަ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/9،000 އާއި -/10،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ބަދިގޭގައި ބޭނުންކުރެވޭ އެންމެހައި ތެލި ތަށި ފަދަ ތަކެތި ދޮވެ ސާފުކުރުމާއި ބަދިގެ/ ކައްކާތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ކާއެއްޗެހި ތައްޔާރުކުރުމަށް އެހީތެރިވެ، އެތަކެތި ޑެލިވަރ ކުރަންޖެހޭ ތަންތަނަށް ގެންދިއުން.
  • ބުފޭ ކައުންޓަރ ތައްޔާރުކުރުމުގައި އެހީތެރިވެ، މަދުވާ ތަކެތި ކައުންޓަރަށް ނެރެ އެތުރުން.
  • ބަދިގެ/ ކައްކާތަނުގައި ބެހެއްޓިފައިވާ އެންމެހައި ޝެލްފްތަކާއި ރެކުތައް އޯގަނައިޒްކޮށް ބެލެހެއްޓުމާއި، ސްޓޮކް ގުނުމުގައި އެހީތެރިވުން.
  • ހުރިހާ ދޮރުތަކާއި، އެގްސޯސްޓްތައް ހަފުތާއަކު 3 ފަހަރު ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 07 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ