ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް މެނޭޖަރ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް މެނޭޖަރ

އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މުސާރަ: ހަމަޖައްސާނީ ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ސެޓުފިކެޓުތަކަށް ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ގއ. ވިލިނގިލީ ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް:  -/3000ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި މަސައްކަތެއް އޮޕަރޭޝަނަލް މެނުއަލްގައިވާ ގޮތަށް ކުރުން

* ދަށުން މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ސުޕަވައިޒް ކުރުން އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

* ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން

* ވިޔަފާރި ފުރުޞަތުތައް ހޯދައި ރީޖަނަލް ސޭލްސް އޮފީހާ ގުޅިގެން އެކަން ރާވައި ހިންގުން

ތަޢުލީމާއި ތަޖުރިބާ:

* މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސް އިން ޑިގްރީ ހާސިލުކޮށްފައިވުން

* މަޤާމާ ގުޅޭ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 163 ނަންބަރު ގއ.ވިލިނގިލީ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ފެކްސް: 3344041   

އެސްޓީއޯ 163 ގއ. ވިލިނގިލީ ފިހާރަ

ހަވީރީ ހިނގުން ، ގއ. ވިލިނގިލި

ފޯން: 3012669

ވެބްސައިޓް: www.stomaldives.com

25 އޮގަސްޓް 2015
ހޯދާ