މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑޭޓާ ޕްރޮސެސިންގ އޮފިސަރ

ސިއާރޯގެ ބާތު ޑިފެކްޓްސް ޑާޓާ ބޭސް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

މީހުން ބޭނުންވާ އަދަދު

02

ކޮންޓްރެކްޓްގެ މުއްދަތު

04 މަސް

ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް 01 އަހަރު ދުވަހަށް އިތުރުކުރެވޭނެއެވެ.

މުސާރަ

މަހަކު -/6,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ

  • ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން (ދިވެހި، އިނގިރޭސި، ހިސާބު) ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރު ލިބިފައިވުމާއެކު، މައިކްރޮސޮފްޓް އޮފީސް ޕްރޮގްރާމްސް ރަނގަޅަށް ބޭނުންކުރަން ދަތުން.
  • ޑާޓާ އެއްކުރުމާއި، އެންޓަރކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އިނގިރޭސިބަހުގެ ގަވާއިދުތަކާ ހަމަތަކަށް އަހުލުވެރި، އެބަހުން ވާހަކަދައްކާ އަދި ލިޔެކިޔުމުގެ ހުނަރު ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޕްރިނޭޓަލް/ ބާރތް ޑިފެކްޓް ޑާޓާ ބޭސްއަށް ބޭނުންވާ މަޢުލޫމާތު އެންޓްރީ ކުރުމަށްޓަކައި ބޭނުންވާ ފޯމުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެއްކޮށް، ދުވަހުން ދުވަހަށް އެންޓްރީ ކުރުމާއި ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ކުރީކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014325 އެވެ.

25 އޮގަސްޓް 2015
ހޯދާ