ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

މިމަދަރުސާގެ އިޢުލާން ނަންބަރު (GS18/I/2015/16) އިޢުލާން ގެޒެޓްގައި ޝާއިޢުކޮށްފައިނުވާތީ، 19 އޮގަސްޓު 2015 ވީ ބުދަދުވަހު މިނިސްޓްރީގެ މެސެޖް ނަންބަރު (MSG)22-D/GS-18/2015/4) އިން އެއިޢުލާން ވަނީ ބާޠިލުކޮށްފައެވެ. ވީމާ، އަލުން ޕްރިންޓަރެއްގެ މަޤާމަށް އާންމުކޮށް އިޢުލާން ކުރަމެވެ. މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޕްރިންޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް

އެސް.އެސް 3

މުސާރަ

-/3875ރ.

ސަރވިސް އެލަވަންސް

-/1000ރ.

އަސާސީ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ބިފައިވުން.
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ގިންތި

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ.އަތޮޅު މަދަރުސާ/ ރ.ދުވާފަރު

ސެކްޝަން

އެކަޑެމިކް ސެކްޝަން

ވަޒީފާގެ މަސްއޫލިއްޔަތު

  • ދަރިވަރުންގެ ކިޔަވައިދިނުމާ ގުޅޭގޮތުން ޕްރިންޓް ކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުން.
  • އިދާރީ މަސައްކަތާ ގުޅޭގޮތުން ޕްރިންޓް ކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުން.
  • ސްކޫލްގައި ހިންގާ އެކި އެކި އިމްތިޙާންތަކުގެ ސުވާލުކަރުދާސްތަކާއި، އިމްތިޙާންތަކަށް ބޭނުންވާ ޕޭޕަރުތައް ޕްރިންޓްކުރުން.
  • ޕްރިންޓް ކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރުގަޑި

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިކްޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް. (އެޓެސްޓު ކުރެވިފައި)
  • ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރައްވާ އޮފީހުން ވީއްލުމާމެދު އިއުތިރާޒުނުކުރާ ކަމުގެ ލިޔުން.
  • ވަޒީފާ އަދާކުރައްވަމުން ގެންދަވާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު ހުށަހަޅަންވާނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރެއިނިއިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ޝަރުޠު ހަމަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ރ.އަތޮޅު މަދަރުސާގެ އޮފީހަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އީ މެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.   

އިންޓަރވިއު ކުރެވޭ ތާރީޚު

މިމަގާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރެވޭ އިންޓަރވިއު އާއި ޕްރެކްޓިކަލް އޮންނާނީ 08 ސެޕްޓެންބަރު 2015 އިން 09 ސެޕްޓެންބަރު 2015 އަށް ރ.އަތޮޅު މަދަރުސާގައެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. އިންޓަރވިޔުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިޔުއަށް ހާޒިރުވާއިރު ވަޒީފާއަށް އެދި ހުށަޅުއްވާފައިވާާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތަކުގެ އަސްލު ހިފައިގެން ހާޒިރުވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.

މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިތުރު މަޢުލޫމާތު

  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6582705، ނުވަތަ 7502320 މިނަންބަރު ފޯނާއެވެ.

     އީމެއިލް: [email protected]

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދިހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެފޯމު ބާޠިލުކުރެވޭނެއެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީ ގަޑީީގައި މި މަދަރުސާގެ ކައުންޓަރުންނާއި، ސިވިލް ސާރވިސްގެ ވެބްސައިޓް www.csc.gov.mvއިން ލިބިވަޑައިނަވާނެއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށްބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
25 އޮގަސްޓް 2015
ހޯދާ