މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މިއިދާރާގެ ނަންބަރު IUL)227-HR/227/2015/30)ފ(29 ޖުލައި 2015) އިޢުލާން އިދާރީ ސަބަބަކަށްޓަކައި ބާޠިލުކޮށް، މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު          

އެމް.އެސް 3

ރޭންކް

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ އެޓޮލް ޑިވެލޮޕްމަންޓް ސަރވިސް

އޮފީސް /އިދާރާ /ސެކްޝަން

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

7035.00 ރުފިޔާ

މުސާރަ

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

1 ( އެކެއް )

ބޭނުންވާ އަދަދު

  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ

 

  • ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓާއި، އިންފުރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގުމާއި މަސައްކަތް ޙަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމާއި، އިޞްލާޙްކުރުމަށް ފިޔަވަޅު އެޅުން.
  • އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތްކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވުން.
  • އަތޮޅު ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑް ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އަތޮޅުތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭ މުދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.
  • ކައުންސިލުން ހިންގާ ލޯނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލޯނަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތްކުރުވުން.
  • ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވައި އެކަންކަމުގެ މަޢުލޫމާތު ބެލެހެއްޓުން.
  • ފުނަފަތި ފާމަސީއާއި، މަދަދު ޕްރޮގްރާމާއި، ނަފާވެހި ޕްރޮގްރާމާއި، ދުވެލި ޕްރޮގްރާމް އަދި މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި އެކު ދުވަހުން ދުވަހަށް ފިޔަވަޅު އެޅުން
  • އަތޮޅުގައި އިޖްތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި، އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ކައުންސިލަށް އާމްދަނީލިބޭ ވަޞީލަތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ރަށްވެހި ޚިދުމަތްތަކުގެ ތެރެއިން ޕްލޭނިންގ ޔުނިޓުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ތާރީޚާއި، ޘަޤާފީ ކަންކަން އަދި ކުލަބު ޖަމިއްޔާތަކާއި ޒުވާނުންނަށް ހިންގޭ ޙަރަކާތްތައް ރާވާ ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު

 

  • ބިޒްނަސް މެނޭޖްމަންޓް ދާއިރާއެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ބިޒުނަސްމެނޭޖްމަންޓާ ގުޅުންހުރި އިދާރާއަކުން ކަމުގައިވުން.
  • ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއް ކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއް ކަމުގައިވުން
  • އިނގިރޭސިފެންވަރު ރަނގަޅު މީހެއް ކަމުގައިވުން
  • ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

 

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2015 ސެޕްޓެންބަރު 1 ވަނަދުވަހުގެ 14:00 ގެ ކުރިން ށ.އަތޮޅުކައުންސިލްގެ އިދާރާއަށެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ދަތުރު އެލަވަންސާއި، އިތުރުގަޑިގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ހުށަހަޅަންޖެހޭ ތަކެތި 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540025 ނަންބަރު ފޯނާއެވެ.

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015
ހޯދާ