މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް ކުރެވުނު އިޢުލާން ބާޠިލުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް ކުރެވުނު އިޢުލާން ބާޠިލުކުރުން

ޤާނޫނު ނަންބަރު: 08/2010 ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" އަށް ކުރިމަތިލުމަށް މި މިނިސްޓްރީން 22 ޖުލައި 2015 ގައި އިޢުލާން ކުރެވުނުއިރު، ކައުންސިލަށް މެންބަރުން އިންތިޚާބު ކުރާނެ އުސޫލް ގެޒެޓް ކުރެވިފައި ނުވެއެވެ. މި ކައުންސިލަކީ މެމްބަރުން އިންތިޚާބުކޮށްގެން މެމްބަރުން ހޮވާ ކައުންސިލަކަށްވާތީ، މިނިސްޓްރީން ކުރިން ކުރެވުނު އިޢުލާން ބާޠިލުކުރެވުނު ވާހަކަ ދެންނެވީމެވެ. އަދި މިއިޢުލާނާ ގުޅިގެން މިހާރު ބޭއްވިފައިވާ އިންތިޚާބުތައްވެސް ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކައުންސިލަށް މެންބަރުން އިންތިޚާބު ކުރާނެ އުސޫލާއެކު މިކަމަށް ކުރިމަތިލުމަށް އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ