މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ދެ ގޯލް ހުންނަ ކޮޅުގައި ދާ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އަމިއްލަތަކެތީގައި މ.މަޑުއްވަރީ ފުޓްބޯޅަދަނޑުގެ ދެ ގޯލް ހުންނަ ކޮޅުގައި ދާ ( ފެންސް ) ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މ.މަޑުއްވަރީ ފުޓްބޯޅަދަނޑުގެ ދެ ގޯލް ހުންނަ ކޮޅުގައި ދާ ( ފެންސް ) ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވަނަ ދުވަހުގެ 12:00 އިން 31 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:00 އާ ހަމައަށް މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ( ލިޔުން ) ކައުންސިލްގެ އިދާރާއަށް ވަޑައިގެން ހޯއްދެވުމާއި، ކައުންސިލްގެ ނަންބަރު 6720032 ، ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު އާޡިމް ޢަލީ 7654875 ، ކައުންސިލްގެ ނައިބު ރައީސް އިސްމާޢީލް ފާޟިލް ފާރޫޤު 7697657 އާ ގުޅުއްވައި ހޯއްދެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ. ކުރިން ދެންނެވުނު ނަންބަރުތަކަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް ލިޔުމުން ދެވޭ މަޢުލޫމާތު ފޮނުއްވުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީޢާއިންނެވެ. ފޯނުން ގުޅުއްވައި މަޢުލޫމާތު ހޯއްދަވާ ފަރާތްތަކުން، އެ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އައިޑީކާޑުގެ ނަންބަރު، މަޢުލޫމާތު ސާފުކުރައްވާ ހައިސިއްޔަތު، އެ ފަރާތާ ގުޅޭނެ ނަންބަރު ކައުންސިލާ ހިއްސާކުރަންވަންޖެހިވަޑައިގަންނަވާނެއެވެ. 31 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވެވި ފަރާތްތަކުގެ މަޢުލޫމާތު ހަމަ އެދުވަހުގެ 15:00 ގެ ކުރިން މި އިދާރާގެ ފަރާތުން އާންމުކުރާނެއެވެ. އަދި އާންމުކުރެވޭ މި ލިޔުމުގެ ކޮޕީއެއް، މަޢުލޫމާތު ސާފުކުރެއްވެވި އެންމެހާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ފޮނުވާނެ ވާހަކަވެސް ދެންނެވީމެވެ.

މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެ މަޢުލޫމާތު ސާފުކުރެއްވެވި ފަރާތްތަކުން، 03 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 ގައި މ.މަޑުއްވަރީ ކައުންސިލަށް މަސައްކަތްކޮށްދެއްވެވޭނެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ، ކަމާ ގުޅޭ މަޢުލޫމާތާއެކު ކައުންސިލުން ދޫކުރާ އަންދާސީހިސާބު ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި " މ.މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ދެ ގޯލް ހުންނަ ކޮޅުގައި ފެންސް ޖެހުމުގެ މަސައްކަތްކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކަމާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިނުވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ހުށަނާޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

23 އޮގަސްޓް 2015
ހޯދާ